ވަޒީފާއެއްގެ އިންތިޒާރުގައި ތިބޭ ޒުވާނުންގެ އަދަދު މަދެއް ނޫނެވެ. ވަޒީފާއަކަށް ހުޅުވާލާއިރަށް އެތައް ސަތޭކަ ކެންޑިޑޭޓުންނެއް ކުރިމަތި ލާކަމީ މިކަމަށް ބާރު ދޭ ހެއްކެވެ. ކޮންމެޔަކަސް ވަޒީފާތައް މަދެވެ. ވަޒީފާ އަދާކުރަން ބޭނުންވާ ގިނަ ބަޔަކު އެބަ ތިއްބެވެ. ކަންނެތްކަމުން ވަޒީފާ އަދާނުކޮށް ތިބި މީހުންގެ ވާހަކަ އަދި ފަހަށް ބާއްވަމާ ހިނގާށެެވެ.

މިއޮތީ ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. ކުރަން ޖެހޭ މަސައްކަތަކީ މީގެ ކުރިންވެސް ކުރާ މަސައްކަތެވެ. ކުޅިވަރު ބެލުމެވެ. ކޮންމެ ދުވަހަކުވެސް މެޗް ބަލާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ.

ތްރިލިސްޓްގައި ޝާއިރުކޮށްފައިވާ މި ވަޒީފާގެ މަސްއޫލިއްޔަތު ވަރަށްވެސް ކުޑައެވެ. ކުރަން ޖެހޭ ކަމަކީ މެޗް ބަލާފައި ފީޑް ބެކް ދިނުމެވެ. އޮންލައިން ސްޓްރީމްކޮށް ބެލުމަށްފަހު އެ ރޭޓް ކުރުމެވެ. އަދި އެކި ޑިވައިސްތަކުގައި މެޗް ބެލުމެވެ. އެއަށްފަހު އެއަށް ފާޑު ކިޔައި އެންެމެ ރަނގަޅު ޑިވައިސްއަކާ އޮންލައިން ސްޓްރީމިންގް ޕްލެޓްފޯމްއެއް ހޯދުމެވެ.

ލާރި ދީގެން އޮންލައިންކޮށް ސްޓްރީމް ކުރާ ފަރާތްތަކަށް މިވަޒީފާއަށް ވަނުމުން ހިލޭ ބެލުމުގެ ފުރުސަތު ހަމަޖައްސައިދޭނެއެވެ. ބޭނުންވާނީ ޓީވީއަކާއި ޓެބްއަކާއި ފޯންއަކާއި އިންޓަރނެޓްއެވެ. ނަމަވެސް ހިތާމަވެރި ވާހަކައެއް އެބައޮތެވެ. މިވަޒީފާގެ ފުރުސަތު އަދި ހުޅުވާލާފައިވަނީ އެމެރިކާގެ ރައްޔިތުންނަށް އެކަންޏެވެ. ރާއްޖެއާ ހަމައަށްވެސް އަންނާނެ ކަމަށް އުންމީދު އަހަރެމެން އެންމެންވެސް ކުރަމެވެ.

 

ކިޔުންތެރިންގެ ހިޔާލު