އިނގިރޭސިވިލާތުގެ ބިރްމިންގަމްގަައި ހުންނަ ބޭންކެއް ފަޅާލަން އުޅެކަމުގެ ހަބަރު ލިބިގެން ފުލުހުން ވަަރަށް ފުރިހަމައަށް ހަރަކާތްތެރިވުމަށް ނިންމާ އޮޕަރޭޝަން ފެއްޓިއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު، އެ ބޭންކުގައި ވައްކަންކޮށްގެން ނޫޅެއެވެ. އެތަނުގައި އުޅެމުން ދިޔައީ، އެ ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެ މީހުން އުޅެމުން ދިޔައީ، ފިލާ ގޭމް ކުޅުމުގައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ބުދަ ދުބަހު ނެޓްވެސްޓް ބޭންކުގެ ބްރާންޗަކަށް ވަގުންތަކެއް ވަދެގެން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން ފުލުހުން ހަރަކާތްތެރިވިއިރު، އެއީ ޓީމް ބިލްޑް ކުރަން އެތަނުގައި މުވައްޒަފުންގެ މެދުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަން ފުލުހުންނަށް އެނގުނީ، ބޭންކަށް ދިޔަ ފަހުންނެވެ.

ފުލުހުންގެ ޓީމުން ވަނީ، ލިބުނު މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަމަށް ޓްވިޓާގައި ހިއްސާކޮށްފައެވެ. އަދި ކަންވީގޮތް ކިޔާދީފައެވެ.

ފުލުހުންނަށް އެ ލިބުނު މައުލޫމާތާއެކު ވަގުތުން އޮޕަރޭޝަން ފަށުމާއި ގުޅިގެން އެ ބޭންކްގެ ސްޕޯކްސް ޕާސަން ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ ފޯލްސް އެލާމެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުހުންމަދު

    ޕޮލިސްކުދިންނޭ ރަނގަޅަށްް ހޭލާތިބެ ވަގުންގެ ފަރާތުން ރައްޔަތުން ސަލާމަތްކުރެވޭތޯ ހިތްަރުކުރާތި. ތިގޮތަށްއެތަކެއް މަރުހަލާއެއް ކަޑަައްތުކުރުމަށްފަހު ޕޮލިސްކުދިންކޮޅު ނާއުންމީދުކުރުވުމަށްފަހު ފަރުވާކުޑަކުރާ ދަނޑިވަޅަކީ ވަގުކަލޭގެ އުފައްދަންބޭނުންވާ ފުރުސަތު. ވީމާ ހޭލާތިބޭތި. ތިމީހުންގެއަވާގައި ނުޖެހޭތި. ވަގުންނޭކިޔަނީހަމަވަގުވީމަ.

  2. ޖޮއްބެ

    ޓީމް ބިލްޑްކުރެވެނީ ފިލާ(ހައިޑްއެންޑް ސީކް) ކުޅެގެންތަ؟?

    • ޓީމް ބިލްޑް

      އެޔޮތީ ކޮށްފައެނުން...

    • ނިހާ

      ކަލޭ ކީކޭ ކިއާނަމޭ ތިއުޅެނީ

  3. ލަމްޢާ

    ތީތި ސަޅި