ކާރުގައި އެކަނި ދަތުރުކުރުމަކީ ފޫހިކަމަކަށްވެދާނެއެވެ. ހާއްސަކޮށް މަގުމަތީގައި މީހުން ނޫޅޭ ވަގުތު ދަތުރުކުރާއިރު، ހިތައް ބިރުވެރިކަން ވަންނަ ވަރުގެ ކަންތައް ދިމާވާކަމަށްވެއެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައެވެ.

މިއީވެސް އެފަދަ ކަމެއް ދިމާވި މީހެކެވެ. ޕެޑްރޯ ޕެއިރޯން ނަމަކަށް ކިޔާ އެ މީހާއަކީ އާޖެންޓީނާގެ ސެންޓަ ފޭގެ ކާރު ދުއްވުމުގައި އުޅޭ މީހެކެވެ. އޭނާއަކީ ކާރު ދުއްވައިގެން ފައިސާ ހޯދާ މީހެކެވެ. ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ އޭނާ އަދާކުރާތާ ވަރަށް ދުވަސްވެއްޖެކަަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ހަނދާނުން ނުފިލާ ވަރުގެ ދުވަހެއްގެ ވާހަކަ އޭނާ ވަނީ ހިއްސާކޮށްފައެވެ. އެއީ އެއް ރެއެއްގައި އޭނާ ސަން ޖޯސް ޑެ ލަ އެސްކިއުނާއަށް ދިޔަ މަގުމަތީ އޭނާއާ ދިމާވި 17 އަހަރުގެ ކުއްޖެއްގެ ވާހަކައެވެ.

ޕެޑްރޯ ބުނީ، އޭނާ އެ ކުއްޖާ ކާރަށް އަރުވައިގެން ދިޔައިރުވެސް އެ ކުއްޖާ އޭނާއާ މާބޮޑު ވާހަކަތަކެއް ދައްކާފައިނުވާ ކަމަށެވެ. އެ ކުއްޖާ ހުރީ ވަރަށް ލަދުން ކަމަށް އޭނާ ބުންޏެވެ. އެ ކުއްޖާ ހަމައެކަނި ބުނީ އޭނާގެ އުމުރެވެ.

އެ ޒުވާން ކުއްޖާ އޭނާ ކައިރީ ބުނީ ސަހަރާ ކައިރީ އޮންނަ މަގަކަށް އޭނާ ބޭލުމަށެވެ.

ޕެޑްރޯ އޭނާގެ ދަތުރު ސަހަރާއާ ދިމާލަށް ކުރިއިރު، ކުއްލިއަކަށް ކާރުން ދުން އަރަން ފެށީއެވެ. އެއިރު ސަހަރާއާ ފުދޭވަރަކަށް ކައިރިވެއްޖެއެވެ. ޕެޑްރޯ ކާރުން ބޭރަށް ނުކުމެ ދުން އަރަނީ ކީއްވެތޯ ބަލާފައި އައިސް ކާރަށް އެރިއިރު އެ ޒުވާނާ ކާރުގައި ނެތެވެ. އޭނާ އިން ގޮނޑި ކައިރީ ބާއްވާފައި އޮތް ފައިފުހީގައި ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ހުއްޓެވެ. އޭގައި އަލިފާނުން އެޅިފައި ވަނީ އޭނާގެ ފައިތިލައިގެ ޕްރިންޓެވެ.

ފައިތިލައިގެ ޕްރިންޓް
ފައިތިލައިގެ ޕްރިންޓް

ޕެޑްރޯ ބުނީ، އެ ކުއްޖާ ފަރާތުން މާބޮޑު ކަމެއް ނުފެނުނު ނަމަވެސް މިގޮތަށް ދިމާވުމުން ކޮންމެވެސް ވަރަަކަށް ޖެހިލުންވިކަމަށެވެ. ޕެޑްރޯ އެ ކުއްޖާ ފެނޭތޯ އެ ހިސާބުގަނޑުވެސް ބެލިއެވެ. އަދި އެހެން މީހެއްގެ އެހީތެރިކަމާއެކު ވެސް ބެލިއެވެ. އެހެން ނަމަވެސް އެ ކުއްޖާގެ ހިލަމެއްވެފައެއް ނުވެއެވެ.

އެންމެ ފަހުން ޕެޑްރޯ އެކަން ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އެއްބަޔަކަު އެއީ ޕެޑްރޯ ހަދައިދައިގެން ދައްކާ ވާހަކައެއް ކަމަށް ބުނިނަމަވެސް، އޭނާއަކީ އޭނާ ދިރިއުޅޭ ހިސާބުގައި އުޅޭ ގިނަ ބަޔަކު ދަންނަ މަޑުމައިތިރި މީހެއްކަމުން އޭނާ ދޮގެއް ހަދާފާނެކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ.

ޕެޑްރޯ ބުނީ އޭނާ އެކަމާއި ބިރު ނުގަންނަ ކަމަށެވެ. އެހެން ނަމަވެސް ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވެސްކަމެއް އޮންނަކަމަށް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މާތްﷲ ޖިންނިން ހެއްދެވީ ދުންނާރާ އަލިފާނުގެ ހުޅުގަނޑަކުންނެވެ. " ވަޚަލަޤަލްޖާންނަ މިން މާރިޖިން މިން ނާރު" . އެއްވެސް ޙާލެއްގަ ޖިންނިންގެ ކިބައިން އަލިފަނެއް ފާޅެއް ނުވާނެއެވެ. އަދި ދުމެއްވެސް ފާޅެއްނުވާނެއެވެ. ވީމާ މި ވާހަކަ ގަބޫލުކުރަން ދައްޗެވެ.

    • ޖިންނީން ދުންނާރާ އަލިފާނުގެ ހުޅުގަނޑަކުން ހެއްދެވިޔަސް ޖިންނީންނަކީ އާދަޔާ ޚިލާފް ކަންކަން ކުރުމުގެކުޅަދާނަކަން ﷲ ދެއްވާފަވާ ބައެއް.ތިޒާތުގެ ކަންކަމަކީ އެތަކެއްޗަށް ކުރެވިދާނެ ކަންކަން.

    • އަލިފާނުގެ ހުޅުން ހައްދަވާފައިވާ މަހުލޫޤަކަށްވާއިރު އޭގެން އަލިފާން (އަލިކަމެއް) ނުފެންނަންވީ ސަބަބަކީ ކޮބާތޯ؟
      ސައިންޓިފިކްލީ ދުންނާރާ އަލިފާނަކީ ހީޓް އެނާޖީ ގެ ސަބަބުން އުފެދޭ އަލިކަަން. ޤްރާންގެ އާޔާތްތަކުން މިކަމަށް ބާރުލިބޭ.
      އެހެންކަމުން ދުންނާރާ އަލިފާނުގެ ހުޅުކަމަށްވުމުން ދުމެއްނާރާނެކަން ޤަބޫލޫކުރެވޭ. ފައިފުއްސައް އަލިފާނުގެ އަސަރެއް ނުވަތަ ހޫކަމުން ވިރިމުގެ އަސަރެއްކޮށްފިނަމަ ފާއިފުހިން ދުންއަރާނެ. އެ ދުމަކީ ޖިންނީގެ ގައިން އަރާ ދުމެއްނޫން.

  2. ހާހެއް ނުވޭ ނޭވާ ނުލެވެނީ ދޯ؟