ކާރުގައި އެކަނި ދަތުރުކުރުމަކީ ފޫހިކަމަކަށްވެދާނެއެވެ. ހާއްސަކޮށް މަގުމަތީގައި މީހުން ނޫޅޭ ވަގުތު ދަތުރުކުރާއިރު، ހިތައް ބިރުވެރިކަން ވަންނަ ވަރުގެ ކަންތައް ދިމާވާކަމަށްވެއެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައެވެ.

މިއީވެސް އެފަދަ ކަމެއް ދިމާވި މީހެކެވެ. ޕެޑްރޯ ޕެއިރޯން ނަމަކަށް ކިޔާ އެ މީހާއަކީ އާޖެންޓީނާގެ ސެންޓަ ފޭގެ ކާރު ދުއްވުމުގައި އުޅޭ މީހެކެވެ. އޭނާއަކީ ކާރު ދުއްވައިގެން ފައިސާ ހޯދާ މީހެކެވެ. ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ އޭނާ އަދާކުރާތާ ވަރަށް ދުވަސްވެއްޖެކަަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ހަނދާނުން ނުފިލާ ވަރުގެ ދުވަހެއްގެ ވާހަކަ އޭނާ ވަނީ ހިއްސާކޮށްފައެވެ. އެއީ އެއް ރެއެއްގައި އޭނާ ސަން ޖޯސް ޑެ ލަ އެސްކިއުނާއަށް ދިޔަ މަގުމަތީ އޭނާއާ ދިމާވި 17 އަހަރުގެ ކުއްޖެއްގެ ވާހަކައެވެ.

ޕެޑްރޯ ބުނީ، އޭނާ އެ ކުއްޖާ ކާރަށް އަރުވައިގެން ދިޔައިރުވެސް އެ ކުއްޖާ އޭނާއާ މާބޮޑު ވާހަކަތަކެއް ދައްކާފައިނުވާ ކަމަށެވެ. އެ ކުއްޖާ ހުރީ ވަރަށް ލަދުން ކަމަށް އޭނާ ބުންޏެވެ. އެ ކުއްޖާ ހަމައެކަނި ބުނީ އޭނާގެ އުމުރެވެ.

އެ ޒުވާން ކުއްޖާ އޭނާ ކައިރީ ބުނީ ސަހަރާ ކައިރީ އޮންނަ މަގަކަށް އޭނާ ބޭލުމަށެވެ.

ޕެޑްރޯ އޭނާގެ ދަތުރު ސަހަރާއާ ދިމާލަށް ކުރިއިރު، ކުއްލިއަކަށް ކާރުން ދުން އަރަން ފެށީއެވެ. އެއިރު ސަހަރާއާ ފުދޭވަރަކަށް ކައިރިވެއްޖެއެވެ. ޕެޑްރޯ ކާރުން ބޭރަށް ނުކުމެ ދުން އަރަނީ ކީއްވެތޯ ބަލާފައި އައިސް ކާރަށް އެރިއިރު އެ ޒުވާނާ ކާރުގައި ނެތެވެ. އޭނާ އިން ގޮނޑި ކައިރީ ބާއްވާފައި އޮތް ފައިފުހީގައި ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ހުއްޓެވެ. އޭގައި އަލިފާނުން އެޅިފައި ވަނީ އޭނާގެ ފައިތިލައިގެ ޕްރިންޓެވެ.

ފައިތިލައިގެ ޕްރިންޓް
ފައިތިލައިގެ ޕްރިންޓް

ޕެޑްރޯ ބުނީ، އެ ކުއްޖާ ފަރާތުން މާބޮޑު ކަމެއް ނުފެނުނު ނަމަވެސް މިގޮތަށް ދިމާވުމުން ކޮންމެވެސް ވަރަަކަށް ޖެހިލުންވިކަމަށެވެ. ޕެޑްރޯ އެ ކުއްޖާ ފެނޭތޯ އެ ހިސާބުގަނޑުވެސް ބެލިއެވެ. އަދި އެހެން މީހެއްގެ އެހީތެރިކަމާއެކު ވެސް ބެލިއެވެ. އެހެން ނަމަވެސް އެ ކުއްޖާގެ ހިލަމެއްވެފައެއް ނުވެއެވެ.

އެންމެ ފަހުން ޕެޑްރޯ އެކަން ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އެއްބަޔަކަު އެއީ ޕެޑްރޯ ހަދައިދައިގެން ދައްކާ ވާހަކައެއް ކަމަށް ބުނިނަމަވެސް، އޭނާއަކީ އޭނާ ދިރިއުޅޭ ހިސާބުގައި އުޅޭ ގިނަ ބަޔަކު ދަންނަ މަޑުމައިތިރި މީހެއްކަމުން އޭނާ ދޮގެއް ހަދާފާނެކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ.

ޕެޑްރޯ ބުނީ އޭނާ އެކަމާއި ބިރު ނުގަންނަ ކަމަށެވެ. އެހެން ނަމަވެސް ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވެސްކަމެއް އޮންނަކަމަށް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލީއްކޮ

    އާޖެންޓީނާގާ ތިކަހަލަކަމެއްވެދާނެ.

  2. ްއަލީ

    ތިކަހަލަ ކަންތައް ދިމާވޭ... މީގެ 34 އަހަރު ކުރިން އަހަރެންނަށް ވެސް ތިކަހަލަ ކަމެއް ދިމާވި.. އެއްރޭ ދަންވަރު މަޖީދީމަގު ކޮޅުން މިހާރުގެ އާޓިފިޝަލް ބީޗް ކައިރިން ދާޖަހައިގެން މަސްހިފަން ގޮނޑުދޮށައް ފޭބިތަނުން ކުއްލިއަކަށް ދިމާވީ ކުޑަ ބުޅަލެއް، ދާޖަހަން ދިޔަ ކުދިންގެ ތެރެއިން 2 ކުދިން ފޭބީ ދާ ހިފައިގެން މޫދަށް .. ފޭބިތަނުން ބުޅާވެސް މޫދަށް ފައިބައިގެން ފަތަން ފަށައިފި އަދި ބަލަބަލާ ތިއްބާ ރާޅު ތަކުގެ ތެރެއިން ލާފަ މިކުޑަ ބުޅާ ކަނޑަށް ގޮސް ގެއްލިއްޖެ. އޭރު ގަޑިން ދަންވަރު 2 ޖެހީ... ދެން އިތުރަށް ދާޖަހަން ތިބުމަކީ ބިރުވެރި ކަމަކަށް ވެދާނެތީ އަވަހަށް ނިންމާލާފަ ގެއަށް ދިޔައީ، ފަހުން ބައެއް މީހުން ކައިރީގަ މިވާހަކަ ދައްކާލުމުން ބުނީ ދާނުޖަހާ އައިކަން ރަގަޅޭ އެހެން ނޫންނަމަ ކަމެއް ދިމާވުން އެކަށީގެން ވެޔޭ..

    5
    1