ބޮލީވުޑްގެ ތެރޭގައި މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާ ތަކުގެ ވާހަކަތަކެވެ. ބައެއް ތަރިން މިހާރު ދަނީ ފާޅުގައި އެ ވާހަކަދައްކަމުންނެެވެ. އަދި އެ މީހުންނަށް އަނިޔާ ލިބެނީ، ފިލްމް ކުޅޭއިރު އެ ފިލްމެއްގެ އެންމެ އިސްކޮށް އުޅޭ މީހުންގެ ފަރާތުންކަމަށްވެސް ދަނީ ބުނަމުންނެވެ.

އެ ވާހަކަތަކުން މުޅި ސޯޝަލް މީޑިއާ ގުގުމަމުން އަންނައިރު، މަޝްހޫރު ބައެއް ތަރިން ދަނީ އެފަދަ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންނެވެ.

މިގޮތަށް ގޮވާލާ މަޝްހޫރު ތަރިންގެ ތެރޭގައި އަޖޭ ހިމެނެއެވެ. އިންޑިއާގެ ފިލްމް އުފައްދާ މީހުން އެ މީހުންގެ ފިލްމްގައި ހަރަކާތްތެރިވާ ތަރިންނަށް ޖިންސީ ގޮނާ ކުރަ މައްސަލަ ފެންމަތިކޮށް އެ ވާހަކަދައްކަމުން ދާތީ އަޖޭވެސް ވަނީ، އެކަމާއި ހެދި ބޮޑު ނިންމުމެއް ނިންމާފައެެވެ.

އަޖޭ ބުނީ، ބައެއް ތަރިންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަަމަށް ބުނެ މިހާރު ދެކެވެމުންދާ ވާހަކަތައް ބަލައިނުގަނެވޭ ކަމަށެވެ. އަދި އެކަންތައް އޭނާއާއި ކުންފުނިންވެސް ޓޮލެރޭޓް ނުކުރާނެ ކަމަށާއި، އަންހެނުންނަށް އިހުތިރާމާއި ގަދަރު ކުރަން ޖެހޭކަމަށްވެސް ބުންޏެވެ. އަދި އަންހެނުންނާއި، އެކި ގޮތްގޮަތަށް ކަންތައް ކުރާ މީހުންނާއެކު މަސައްކަތް ނުކުރާނެ ފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަދައްކާފައެވެ.

މިގޮތަށް އަންހެން ތަރިންނަށް ޖިންސީ ފުރައްސާރަ ކުރަމުންދާ އެއް ފިލްމް ޑައިރެކްޓަރަކީ ލަވް ރަންޖަންއެވެ. އޭނާގެ ވާހަކަ ވަރަށް ބޮޑަށް ދެކެވެމުން އަންނައިރު، އަޖޭ ވަނީ އޭނާގެ ފިލްމެއްގައި މަސައްކަތްވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންކަލޯ

    އަންހެނުންނާއި އަންހެނުން ފިރިހެނުންނާއި ފިރިހެނުން ނުވިތާކަށް ރޭޕްކުރުން ހުއްދަ ގައުމެއްގައި ކޮން ޖިންސީ ފުރައްސާރައެކޭ މިކިޔަނީ.

  2. ޒާ

    ފުރައްސާރައެއްނޫން އެކަނި ކުރަނީ. އިންޑިއާގެ ބޮލީވުޑުން ޖާގަ ދެނީ ޕްރޮޑިއުސަރުން އެތަނަށް އަންނަ ކޮންމެ އަންހެނަކު "ރޮލާކައިފަ" އެހެންނޫނީ ފުރުސަތު ނުދޭ. އެއީ ބޮލީވުޑުގެ ކެރިއަ ފެށޭގޮތް.