އަޒޯނާ ސީޒަން 2 މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕްރިމިއާ ކުރިއިރު، އެތައް ދިވެހިންނަށް ކުރިން ނޭގިފައިވާ މީހަކު މި ވަނީ ކެމެރާގެ ކުރިމަތިން ދައްކާލާފައެވެ. މި ފަހަރު އޭނާ ދައްކާލާފައި އެ ވަނީ ފިލްޓާއާ ނުލައެވެ.

އޭނާއަކީ ފިލްޓާގެ ފުރަގަހުން މުޖުތަމައުއަށް ތަފާތު މެސެޖްތައް ދިނުމުގައި ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ. އޭނާއަކީ އެންމެންގެ ކާއްޓޭއެވެ.

ރޭ އަޒޯނާ ޝޯވގައި ކާއްޓާއާއެކު ފެނިގެން ގޮސްފައި ވަނީ މިއުޒިކަލީގެ މަޝްހޫރު މަރިޔަމް ޝަޒީލާއާއެކުގައެވެ. އޭނާގެ މޮޅު އެކްޓް ކުރުމުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލިއިރު، ޝަޒީލާއަކީ މިހާރު ރާއްޖޭގައި ހުރި މިއުޒިކަލީ ނުވަތަ ޓިކްޓޮކްގެ ކުއީންއެވެ.

ތަފާތު މަޖާ ގޭމްތަކާއެކު، މިފަހަރުގެ އަޒޯނާ ޝޯވއަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޝޯވއަށް އިތުރު ގޭމްތައްވެސް އިތުރުކޮށް، ހެއްވާ މަޖާކޮށް ޝޯވގެ ފުރަތަމަ އެޕިސޯޑް މިވަނީ ގެނެސްދީފައެވެ.

ކާއްޓޭއަށް ބަލާއިރު، އޭނާއަށް އެ ނަން އައިސްފައި ވަނީ ރަށާއި ގުޅުވައިގެންކަމަށް ވަނީ ޝޯވގެ ތެރެއިން ހާމަކޮށްފައެވެ. އަދި އޭނާ ފިލްޓާގެ ފުރަގަހުގައި މުޖުތަމައުއަށް ދެމުން ގެންދާ އެ މެސެޖްތަކަކީ އަމިއްލަ ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކާއި، އަދި ބަޔަކު ރިކުއެސްޓްކޮށްގެން ހަދާފައި ހުންނަ އެއްޗެހިކަންވެސް ފާހަގަކުރިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ އަޒޯނާ ޝޯގެ ތެރެއިން - ފޮޓޯ: އެފްޑީއައި

އަދި ކާއްޓޭ ވަނީ މީހުން ރިކުއެސްޓްކޮށްގެން އެފަދަ ވީޑިއޯތައް ތައްޔާރުކޮށްދޭކަމަށްވެސް ބުނެފައެވެ. އަދި އޭނާއަކީ ކުޑައިރުން ފެށިގެންވެސް ކޮމެޑީ ޑްރާމާ އެއްޗެހި ބަލާހިތްވާ މީހެއްކަން ހާމަކުރިއިރު، ފިލްމެއް ކުޅެން ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ނުކުރާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ކޮމެޑީ ޝޯވއެއް ހުށަހަޅާލަން ފުރުސަތެއް ލިބިއްޖެނަމަ އެކަން ގަބޫލުކުރާނެކަމަށް ކާއްޓޭ ބުންޏެވެ.

ޝަޒީލާ ބުނިގޮތުގައި، އޭނާއަށް ފުރަތަމަ މިއުޒިކަލީއަށް ވަދެގެން އުޅުނުއިރު، އެވަރަށް މަޝްހޫރުވާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބި މަގުމަތިން ފެނިގެންވެސް އޭނާއާއެކު ސެލްފީ ނަގަން އެތައް ބަޔަކު އެދޭކަމަށްވެސް ޝަޒީލާ ބުންޏެވެ. އަދި ފިލްމެއް ކުޅެން ފުރުސަތު ލިބިއްޖެނަމަ އެފަދަ ފުރުސަތެއްގެ ބޭނުން ކުރަން ތައްޔާރަށް ހުރިކަންވެސް ފާހަގަކުރިއެވެ.

އަދި ކުރަން ބޭނުންވާ ރަނގަޅު ކޮންމެ ކަމެއް ކުރުމުގައި ފަސްނުޖެހުމަށް ޝަޒީލާ ނަސޭހަތްތެރިވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ އަޒޯނާ ޝޯގެ ތެރެއިން - ފޮޓޯ: އެފްޑީއައި

ކާއްޓެ ބުނިގޮތުގައި، އަޒޯނާ ޝޯވއަކީ މިހާރު ތަރިންނަށް ހާއްސަކޮށް ގެނެސްދޭ ހަމައެކަނި ޝޯވކަމަށްވާއިރު، އެ ޝޯވ މެދުވެރިކޮށް ތަރިންގެ އަގު ވަރަށް ބޮޑަށް ވަޒަން ކުރާ ކަމަށެވެ. އަދި އެ ޝޯވގެ ތެެރެއިން ތަރިންގެ ހުނަރުތައް ބަލައިގަންނައިރު، އައިސް ޓީވީން މިހަކަ ޝޯވއެއް ގެނެސްދޭތީއާއި، ތަރިންނާއި ގެންގުޅޭ ގާތްކަމުގެ ސަބަބުން ވަރަށް އުފާވާކަން ވަނީ ހާމަކޮށްފައެވެ. އަދި ސަކަރާތުގެ ތެރެއިން ދާތީ އަޒޯނާގެ ކޮންސެޕްޓް ވަރަށް ބޮޑަށް ކަމުދާ ކަމަށް ކާއްޓޭ ވަނީ ބުނެފައެވެ.

ޝަޒީލާ ބުނިގޮތުގައި، އަޒޯނާ ޝޯވގައި ގެސްޓެއްގެ ގޮތުގައި ބައިވެރިވާން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވިއެވެ. އަދި އައްޒަގެ ފްރެންޑްލީކަން ޝަޒީ ފާހަގަކުރިއިރު، މިފަދަ ޝޯވއަކުން ފުރުސަތު ލިބިދާނެކަމަށް އުއްމީދު ނުކުރާކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާއަކީ ކާއްޓޭގެ ވަރަށް ބޮޑު ފޭންއެއް ކަމަށް ފާހަގަކޮށް ޝަޒީ ބުނީ، ކާއްޓޭއަކީ ވަރަށް ހުނަރުވެރި މަޖާ މީހެއް ކަމަށެވެ.

އަޒޯނާ ސީޒަން 2ގެ ފުރަތަމަ އެޕިސޯޑް މިދިޔަ ބުރާސްފަތި ދުވަހުގެ ގެނެސްދިންއިރު، މި ޝޯވގެ ދެން ހުރި އެޕިސޯޑްތައް ކުރިއަށް ކޮންމެ ބުރާސްފަތި ދުވަހެއްގައި ގެނެސް ދެވޭނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ އަޒޯނާ ޝޯގެ ތެރެއިން - ފޮޓޯ: އެފްޑީއައި

އަޒޯނާގެ ދެވަނަ ސީޒަން ވެގެން ގޮސްފައި ވަނީ ފުރަތަމަ ސީޒަނާއި ހިލާފަށް މަޖާ ނެގުމުގެ ބައި ވަރަށް ބޮޑަށް ގެނެސްދެމުން އަންނަ ފަހަރަކަށެވެ. އަދި ކުރީ ސީޒަނާއި ހިލާފަށް މިފަހަރުގެ ސީޒަންގައި ދެ ގެސްޓުން ގެނެސްދިންއިރު، ގޭމްތައްވެސް މިފަހަރު ވަނީ ތަފާތުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް

  ތިދެން މީހުން ތިބަލަން ކޮންބައެއްތަ އަޅެ؟ ބޭރު ގައުމުތަކުގަ މީހުން މޮޔަވިޔަސް މީރާއްޖެއޭ!

 2. ޫުުުޔޯ ފްރެންޑް

  ތި އަންހެނާ ކައީ ބުނެބަލަ އޮރިޔާން ނިވާކުރަން...ބަލާމީހާ ލަދު ގަންނަން ޖެހެނީ...ހަޔާތް ކުޑައި ހަމަ....

  • މަ

   ކަލޭ ލަދުގަނަންޏާ ނުބަލަ ހުރެބަލަ..

   • ޫުުުޔޯ ފްރެންޑް

    މަ، ކަލެޔަށް ވުރެ ބޮނޑަށް މަޝާ އޭނަޔާކައިރިވެސް ވާނެ...އެކަމަކު ތުއި ބަޑި ދަށްކަން ކުރު އެއްޗެހި ލައިގެން އުޅޭތީ ލަދު ގަނޭ މަވެސް....

  • ނޭގޭ

   ހަމަ ތެދު ވާހަކައެއް

 3. ޕީކޭ

  ތި ފައިވާނުގެ އަގު ކިހާވަރެއް؟

 4. ޖުމާ

  މަސްހޫރު ވާންވެގެން ދެން ކޮންކަމެ

 5. ސަގަރު

  ޗީޑި، ކަފުނަށް ލާން ތިއެއްޗިހި ގެންދެވޭނެތަ؟