ކުޅޭކުޅޭ މިނިކާވަގެއް އަތުލަން 45 މިނިޓް ވަންދެން ސްކޮޓްލޭންޑްގެ ފުލުހުން ހަތިޔާރާ އެކު ހަރަކާތް ތެރިވެއްޖެއެވެ.

ސްކޮޓްލޭންޑްގައި މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ބަޔަކު، މިނިކާވަގެއް އަތުލައިގަންނަން އެތައް އިރަކު މަސައްކަތްކުރި ފަހުން އެއީ ކުޅޭ އެގުނީ އެ މިނިކާވަގަކީ ކުޅޭކުޅޭ އެއްޗެއް ކަމެވެ.

މިނިކާވަގެއް ދަނޑެއްގައި އުޅޭ ކަމަށް ބުނެ މީހަކު ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު ފުލުހުން އެތަނަށް ދިޔައީ ހަތިޔާރާ އެކުގަ އެވެ. އަދި އެ ހިސާބުގައި ވައިލްޑްލައިފް ޕާކެއް އޮތުމާ އެކު އެތަނުން މިނިކާވަގެއް ފިލާފައިވޭތޯ ވެސް ބެލި އެވެ.

މި މިނިކާވަގަކީ އަސްލު އެއްޗެއް ނޫން ކަމާއި އެއީ ކުޅޭ އެއްޗެއްކަން އެނގުނީ މިނިކާވަގު އޮތް ދަނޑަށް ގޮސް އެސޮރު ވަށާލައިގެން 45 ވަރަކަށް މިނިޓް ވަންދެން އެޔާ ކުރިމަތިލައި އަތުލަން މަސައްކަތްކުރި ފަހުންނެވެ.

މި ކަން މީސް މީޑިއާގައި މަޖާ ކަމަކަށް ވެފައިވާ އިރު މި ކަން ރިޕޯޓް ކުރި މީހާ ބުނި ގޮތުގައި އެއީ ދޮގު ހަދައިގެން މަޖަލަކަށް އެމީހާ ކުރިކަމެއް ނޫނެވެ. ހަގީގަތުގައި ވެސް މިނިކާވަގެއް ކަމަށް ހީކޮށް ބިރުން ފުލުހުންނަށް ގުޅީ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މި އީ ރަާއްޖޭގައި ހިގި ކަމެއްނަމަ ދިވެހި ފުލހުންނާއި ސިފައިން ނަށް އިދިކޮޅު މީހުން ފިސާރި ޖޯކް ޖަހާނެ.....

  2. ރާއްޖޭގައިވެސް ތިޔަފާޑުގެ ކަމެއް ކުރި... ހެންވޭރު ބޯޅަ ދަޑުން ބޮޑު ހިޔައްޏެއް ފެނިގެން އުޅުނު .. ކަން ނިމިގެން ދިޔައިރު ގަލޮޅު ބޯޅަ ދަޑުގައި ޖަހާފައިހުރި އުސް ބޮކި ދަޑިތަކުގެ ހިޔަނި ....

  3. ޜަންނަމާރި އެރުން