ސްކޫލަށް ދާނެ މަގު ނޭނގިގެން، ސްކޫލަށް ދާނެ މަގު ހޯދަން އެހީއަކަށް ހެދުނު 14 އަހަރުގެ އެމެރިކާގެ ކުއްޖަކަށް މީހަކު އޭނާގެ ނުލަފާކަން ދައްކާލައިފިއެވެ.

އެމެރިކާގެ މިޝިގަންގައި މިދިޔަ ހުކުރު ދުވަހު އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ ސްކޫލަށް ދާނެ މަގު ނޭނގިގެން އެހީއެއް ހޯދަން ވެގެން ގޭގެ ދޮރު ކައިރީގައި ހުރި ބެލް ޖެހިއެވެ. ނަމަވެސް ބެލް ޖެހުމާއި އެކު ގޭތެރެއިން ގޮވާލި ވަގަކު ގެއަށް ވަންނަން އުޅޭ ކަމަށެވެ.

އެއާއި އެކު އެގެއިން ފިރިހެނަކު ނިކުތީ ޝޮޓް ގަން އެއް ހިފައިގެންނެވެ. އެހެން ކަމުން ކުއްޖާ ސަލާމަތް ވާން ދުއްވައި ގަތެވެ. ބަޑި ހިފައިގެން ނިކުތް ޖެފްރީ ނަމަކަސް ކިޔާ މީހާ ވަނީ ކުޑަ ކުއްޖާ އާއި ދިމާއަށް ބަޑި ވެސް ޖަހާފައެވެ.

ނަމަވެސް ކުއްޖާގެ ނަސީބު ރަނގަޅު ކަމުން ވަޒަން ނާރާ ވަނީ ސަލާމަތް ވެފައެވެ.

ފިރިހެން ކުއްޖާ އޭނާ އަށް ދިމާވި ހާދިސާ މައިންބަފައިންނަށް ކިޔައި ދިނުމުން އޭނާގެ މައިންބަފައިން ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން މިހާރު ވަނީ ޖެފްރީ އާއި އޭނާގެ އަންހެނުން ހައްޔަރު ކޮށްފައެވެ. އަދި މީހަކު މަރާލަން އުޅުމުގެ ދައުވާ ވަނީ ދެމަފިރިންގެ މައްޗަށް ވެސް އުފުލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖެފްރީ އަކީ ކުށުގެ ރެކޯޑް މީގެ ކުރިން ވެސް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިކް

    ހެހެހެ. ނޯ ފަނީ

  2. ނުރަބޯ

    ތާހިރުވެއްޖެނު.....؟

  3. މަގު

    ޙިއްހިއްހީ . އެއް ގަލުން ޖަހާ 2 ދޫނި މަރުވެފަ. ހަބޭސް.