އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ޓިޓުލީ " އިރުމަތީ އިންޑިއާ އަށް އެރުމުގެ ކުރިން އަދި އެ ތޫފާން އެރުމަށް ފަހު އިންޑިއާގެ ގިނަ އާއިލާތަކުން އެ މީހުންނަށް ލިބުނު އަންހެން ދަރިންނަށް "ޓިޓުލީ" ގެ ނަމުން ނަންދީފިއެވެ.

މިއީ ދުނިޔޭގެ ގައުމުތަކުގައި އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން 2004 ވަނަ އަހަރު އެމެރިކާގެ ނިއުއޯލިއަންސް އަށް އެރި ބާރުގަދަ ތޫފާން "ކެޓްރީނާ" އަށް ފަހުވެސް އެގަުމުގައި އަލަށް އުފަންވި ތުއްތު އަންހެން ކުދިންނަށް ކެޓްރީނާ ގެ ނަން ކިއުނެވެ.

ތޫފާން "ޓިޓުލީ" ގައި ގެއްލުން ލިބުނު ގިނަ އަވަށްތަކުގެ މީހުން އެ މީހުނަށް ލިބުނު އަންހެން ދަރިންނަށް މި ތޫފާންގެ ނަން ވަނީ ދީފައެވެ.

މި ތޫފާންގައި އިންޑިއާގެ ގަޖާޕަތީ ޑިސްޓްރިކްޓުން 12 މީހުން މަރިވެފައިވާރިއިރު މި ތޫފާނުގައި މަރުވި 12 މީހުން ވެސް މަރުވީ ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާ ތަކުގައިއެވެ. މީގެ އިތުރުން މި ތޫފާނުގައި އަންޑްރަ ޕްރަދޭސް ސްޓޭޓުން 8 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ތަރުޖަމާނު ވިދާޅުވީ ތޫފާނުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް މީހުން ސަލަމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތަށް ވަނީ މިހާރު ގޮސްފައި ކަމަށެވެ.

މި ތޫފާންގައި 150 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހުނު އިރު ތޫފާނުން ރައްކާތެރިވުމަށް ހަދާފައިވާ ފޭލިގެތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. ތޫފާންގެ ބާރު ދަށްވަމުން ދާކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާތަކުން މިހާރު ބުނެއެވެ.

1999 ވަނަ އަހަރު ބޭ އޮފް ބެންގާލް ގައި އުފެދުނު ތޫފާނެއް މި ސްޓޭޓަށް އެރުމުގެ ސަބަބުން ވަނީ 15000 މީހުން މަރުވެފައެވެ.

އިންޑިއާ އަށް ބާރުގަދަ ތޫފާނެއް އަރާފައި މިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ބާރުގަދަ އޮކްޝީ ތޫފާނުގައި އިންޑިއާ އަދި ލަންކާއިން އެތަށް ބަޔަކު މަރުވެ އެތަބަކު ގެއްލިފައިވަނިކޮށެވެ.

ބޭ އޮފް ބެންގާލްގައި އާންމުކޮށް އުފެދޭ ބާރުގަދަ ތޫފާންތަށް އާންމު ކޮށް އިންޑިއާގެ އޮރިއްސާ އަށް 1999 ވަނަ އަހަރު ކުރިމަތިވި ތޫފާނެއްގައި ވަނީ 8،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު