ގިނަބައެއްގެ ސަމާލުކަމަަށް އައި ފޮޓޯއެއްގެ ވާހަކަދައްކާލާނަމެވެ. އެ ފޮޓޯތަކުން ފެންނަނީ ކާޓޫނެއްގެ ގޮތުގައި، ގިނަބައެއްގެ ސަމާލުކަން ފުރަތަމަ ހޯދި އެވެންޖާސްގެ ކެރެކްޓާތަކެވެ. އެ މީހުުން އެ ތިބީ ބުރުގާ އަޅައިގެންނެވެ. އެ ފޮޓޯއަށް އެހާބޮޑު ސަމާލުކަމެއް ލިބުނީވެސް އެހެންވެއެވެ.

މި އަހަރު ނިއުޔޯކްގައި ބޭއްވި ކޮމިކް ކޮންއަށް ދިޔަ އެ އަންހެނުންތައް އެންމެންނަށް ދިނީ ސަޕްރައިޒެކެވެެ. އެ އެންމެން އެތަނަށް ދިޔައީ އެވެންޖާސް ހެދުމުގައި ބުރުގާ އަޅައިގެންނެވެ. އެ މީހުން ބަލާ ބެލުމަށް ވަރަށް ރީއްޗެވެ.

މަލީހާ ފައިރޫޒް ނަމަކަށް ކިޔާ އަންހެނަކު އެކަން އާއްމުންގެ ސަމާލުކަމަށް ގެނައީ އޭނާ ޓްވީޓް ކުރި ފޮޓޯއަކާއެކުގައެވެ. މަލީހާވެސް އެ އެވެންޖާސްތަކުގެ ތެރޭގައި ހިމެނެއެވެ. އެ ފޮޓޯއަށް އެތައް ހާސް ބައެއްގެ ސަމާލުކަން ލިިބިއްޖެއެވެ.

އެ މީހުން ހަމައެކަނި އެ ކޮމިކް ކޮންގައި ބައިވެރިވީއެއް ނޫނެވެ. އެ މީހުން ވަނީ އެ ހެދުމުގައި ކޮސްޓިއުމް ކޮންޓެސްޓެއްގައިވެސް ބައިވެރިވެެގެން ތިން ވަނަ ލިބިފައެވެ.

މި ފޮޓޯތަކަަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެތާއެވެ. އާއްމުކޮށް ސުޕާ ހީރޯ ހެދުން އަޅާ އުޅެނީ ކުޑަކުދިންނެވެ. އެހެން ނަމަވެސް ޒުވާނުންތަކެއް އިސްވެގެން ކުރި މި ކަންތަކުގެ ސަބަބުން، އެ މީހުންނަކީވެސް އެފަދަ ކެރެކްޓާތައް ދެކެ އިންތިހާއަށް ލޯބިވާ ބައެއްކަން ދޭހަވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރީއްޗެއް ނޫން

    • އެވެންޖަރސް ފޭން

      ރީތި ވަރަށް.. މަވެސް ވަރަށް ލޯބިވާ ކެރެކްޓަސް ތަކެއް އެއީ..

    • ބުރުގާ އެޅީމަ ދެން ކޮން ރީއްޗެއް ވާނީ

      • އަލީގެ ބައްޕަ

        ޢަލީ.. ކަލޭ ވާނީ ހަމަ ރަކި.. ބުރުގާ އެޅީމަ އަންހެނުން ރީތީ.. އަންހެނުންގެ ކީރިތި ކަމާއި މުރުއްވަތްތެރިކަން އިތުރުވެގެންދަނީ ބުރުގާއާއި އެކު ތިބުމުން.. ޢަލީއަށްވެސް ބުރުގާ އަޅައިގެން ހުރި ކުއްޖަކު ލިބޭނެ ނަމަ ދޯ..؟؟

    • ހަމަ ރީތި!

  2. މި އުއްމަތުގެ ބަޔަކު ކައިވަތަކުން ކައިވަތަކުން، މުށަކުން މުށަކުން އެބައިމީހުންނަށް ތަބާވާނެއެވެ. އެބައިމީުން ލޮއްބު ވަން ހޮރަކަށް ވަނަސް އެހޮރަށްވެސް ވަންނާނެތެވެ. މިއީ އަދުގެ "މުސްލިމުންގެ" ޙަޤީޤަތް.