އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ މަތިންދާ ބޯޓަކުން ވެއްޓުނު ކެބިން ކްރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މުމްބާއީ އިން ފުރަން އުޅުނު ބޮއިންގ 777 މަތިންދާ ބޯޓުގެ ކްރޫއެއްގެ މަސައްކަތް ކުރާ އެ އަންހެން މީހާ ރަންވޭ މައްޗަށް ވެއްޓުނީ ބޯޓުގެ ދޮރު ލައްޕަން އުޅުމުގެ ތެރޭގައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، ހަރްޝާ ލޮބޯ ނަމަކަށް ކިޔާ އެ ކެބިން ކްރޫއަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެއެވެ. އަދި އޭނާގެ ހާލަތު ނާޒުކު ކަމަށާއި، އޭނާގެ ހަށިގަނޑަށް ވަރަށްބޮޑު އަނިޔާވެފައިވާ ރިޕޯޓްތައް ބުނެއެވެ.

ހެނދުނު 7:00 ޖެހިއިރު ދިއްލީއަށް ފުރަން އޮތް އެ ބޯޓުން އެ ކްރޫ ވެއްޓުނީ، ފަސެންޖަރުން އެރުވުމަށްފަހު، ފުރުމަށްޓަކައި ދޮރު ލައްޕަން އުޅުމުގެ ތެރޭގައެވެ.

މިހާރު އެ ކްރޫއަށް ނަނަވަތީ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫންކަމަށް ވެއެވެ. ނަމަވެސް އޭނާގެ ހޭ އެބަހުއްޓެވެ. އަދި އޭނާގެ ކަނާތު ފައި ބިންދައިގެން ގޮސްފައިވާކަމަށާއި، ދެ ފައިގެ ދަށް ފުށަށްވެސް ގެއްލުންތަކެއް ވެފައިވާއިރު، ކަރަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައި ވާކަމަށް ވެއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕީޖޭ

    ކަސްޓަމަރުން ހިތްހަމަ ޖައްސާށޭ ބުނެ ގަޔަށް ބާރު ހެދުން ލައްވައި ހައިހީލް ބޫޓަށް ފަޅުވެރިން އެރުވީމަ ވީގޮތެއް ކަމަށް ބެލެވެނީ...މިމުސްލިމް ގަވްމުގައި ވެސް ބުރުގާ އަޅައިފިއްޔާ އުދަނގު ފަޅުވެރިއަކަށް އުޅެން..ބޮމެއް ގޮއްވާލަފާނެކަމަށް ބިރުގަންނަނީޔޯ..