ފާހަނާ ތަށިމަތީގައި ގިނައިރު ހުރުމުގެ އާދައަކީ ގިނަ ބައެއްގެ ކިބައިން ފެންނަމުންދާ ނުރަނގަޅު އާދައެކެވެ. އެކަމަކީ ނުރައްކާތެރި ހާލަތުތައް މެދުވެރިވުމުގެ ފުރުސަތު ބޮޑުވާ ކަމަކަށްވާއިރު، އެއީ ސިއްޙީ އެތައް އެނޫންވެސް ހާލަތްތަކާއި ކުރިމަތިކުރުވާ ކަމެއްކަން ހޯދުންތަކުގެ އަލީގައި ކުރިންވެސް އެނގިފައި ވެއެވެ. މިއީވެސް ފާހަނާ ތަށިމަތީގައި ގިނައިރުވަންދެން ހުރި މީހަކަށް ދިމާވި ހާދިސާއެކެވެ.

ޗައިނާއަށް ނިސްބަތްވާ އެ މީހާ ފާހަނާ ތަށިމަތީގައި އިނީ ފޯނާއި ކުޅެންށެވެ. އެތަނުގައި ގިނައިރުވަންދެން އިށީނދެ ފޯނަށް ގެއްލިފައި އޭނާ އިންދައި ކުއްލިއަކަށް އޭނާގެ ފަލަ ގޮހޮރުގެ ތިރީބައި (ރެކްޓަމް)ގެ ބައެއް ވަނީ ބޭރުވެފައެވެ. އެއާއިއެކު އޭނާ ވަނީ އިމަޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާ އާއި ގުޅިގެން ސިއްޙީ އޮފިޝަލުން ބުނެފައިވަނީ، ހާދިސާ ހިނގުމާއި އެކު އޭނާއަށް އަވަސް ފަރުވާ ނުދެވުނުނަމަ، އެކަމުން އޭނާއަށް ދާއިމީ ނުކުޅެދުންތެރިކަމަކާއި ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށެވެ. ނަމަވެސް އަވަހަށް ފަރުވާ ދިނުމުން އޭނާއަށް އެއްވެސް އަނިޔާއެއް ނުލިބި، ހާލު ރަނގަޅުވެ ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ފާހަނާ ތަށި މަތީގައި ގިނައިރުވަންދެން ހުރުމުން ފަލަ ގޮހޮރުގެ ތިރީބައި ހަށިގަނޑުން ބޭރުވި ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި އެބަހުއްޓެވެ. މިފަދަ ހާދިސާއެއްގައި މިހާތަނަށް މީހެއްގެ ފުރާނައަށް ނުރައްކާވި ހާދިސާއެއް ފެންމަތިވެފައި ނެތް ނަމަވެސް، މީގެ ކުރިން ހިނގާދިޔަ މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ހަށިގަނޑުގެ ތިރީބައިން ވާގި ނެތި އުމުރަށް ނުކުޅެދިފައި ވެއެވެ.

ފާހަނާ ތަށި މަތީގައި ގިނައިރު އެއްގޮތަކަށް ހުރުމުން، ފަލަގޮހޮރުން ބައެއް ބޭރުވާން މެދުވެރިވަނީ "ޕެލްވިކް މަސަލްސް" ދުރުވެ އެބައިގެ ބާރުގައި ފަލަގޮހޮރު ހަށިގަނޑުގެ ތެރޭގައި ހަރުލާފައި ހުރުމަށް ހުރަސް އެޅުމުންނެވެ. އެއްވެސް ސަބަބަކާއި ގުޅިގެން މިފަދަ ހާދިސާއެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލިމްލީ

  އަތުގައި ފޯނުއޮތްކަމުން އަވަހަށްއިމަޖެންސީއަށް ތިގުޅުނީ. ނަސީބއްނު ފޯނުހިފައިގެން އިންކަން.

 2. އިީ

  މި ޚަބަރު ކިޔަމުން ދިޔައިރު ދެން ހަމަ ވަރަށް ތަދުވާނެކަން އިނގޭ... ދެން ވަރަށް ތަދުވާނެ...

 3. ވަހީދު

  ވީޑިއޯއެއް ބަލަމުން ދެކަމު ހާޖަތަށް ދިޔައިމަ ވާނުވާއެއް ނޭނގި ނިމޭނެ. މަގޭ ތަޖުރިބާ.

 4. އަޖޭ

  ކަލޯޔާ ހުސް ފޭކު. މަވެސް އިންނަން 30 މިނެޓް ނޫނީ 1 ގަޑި އިރު ވަންދެން އަބަދު ފާހަނާ މަތީ ފޯނު ހިފައިގެން. ވަރައް މަޖާ

 5. މުއުމިން

  މާތްﷲ މިގޮތް ނުވަތަ މިފަދަ ނުރައްކާގޮތްތަށް އަޅަމެންނަށް ނުވާނެ ރަހުމަތް ލައްވަވާށި އާމީން

 6. ގުޅިބެ

  ހެހެ މަ އެބަ އިންނަން 2 ގަޑި އިރު ވެސް ލޯސާފު ކޮށްލަ ކޮށްލަ އެ ދެން މަޖާކަމެއް.... އެންމެން ވާނެ ޓުރައި ކޮށްލަން