ދީޕިކާ އަކީ އޭނާގެ ބޮލީވުޑްގެ ހަޔާތް ފެށުނުފަހުން ކާމިޔާބު އެތައް ފިލްމެއް ކުޅެ ގިނަބައެއްގެ ލޯބި ހޯދާފައިވާ މޮޅު ފަންނާނެކެވެ. އޭނާ އަގީ ގިނަ ޑައިރެކްޓަރުންނާއި ޕްރަޑިއުސަރުންގެ ފޭވަރިޓެކެވެ. ތަފާތު އެކި ރަހައިގެ ފިލްމް ތަކަށްވެސް ފިޓު ފަންނާނެކެވެ.

އޯމް ސާތި އޯމް އިން ބޮލީވުޑަށް ނިކުތް ދީޕިކާ އަކީ ފިލްމަކުން 200 ކުރޯޑް ހޯދި ހަމަ އެކަނި އަންހެން ފަންނާނުވެސްމެއެވެ. އަދި އޭނާގެ ގިނަ ފިލްމް ތަކަކީ ހުރިޙާ ގޮތަކުންވެސް ކާމިޔާބުވި ފިލްމް ތަކެކެވެ. ދީޕިކާ އަކީ ބޮލީވުޑްގެ ރާނީއެވެ. އޯމް ސާތި އޯމް އިން ފެށިގެން ޕަދްމާވަތް އާއި ހަމައަށްވެސް ކާމިޔާބު ފަންނާނެކެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައިވެސް ކުޅަދާނަ ހަރަކާތްކަކެއް ދައްކާފައިވާ ފަންނާނެކެވެ.

އޭނާގެ ފަރިކަން އެހާ ރީއްޗެއެވެ. މީހުން ރޮއްވާލަން އެހާމެ މޮޅެއެވެ. ހެއްވާލުމަށްވެސް ހަމަ އެހާމެ ކުޅަދާނައެވެ. އެކްޝަން ފިލްމެއްގައި ނަމަވެސް އެހެރި ގެންގުޅޭ ހަރަކާތްތަކުން އޭނާ ފެންވަރަށް އެހެން މީހުނަށް އެކަން ކުރެވިދާނެތޯ ސުވާލުކުރުވައެވެ. ބިރުވެރި ފިލްމެއް ކުޅުނަސްމެއެވެ. އަދި ލޯބީގެ ފިލްމެއް ނަމަ ވަކިން ހާއްސައެވެ. ލޯބީގެ ފިލްމެއް އެފެންވަރަށް އެހެން މީހަކަށް ކުޅެވިދާނެކަމާ މެދު ޝައްކެވެ.

ދީޕިކާ އެންމެ ކާމިޔާބު މޮޅު އެކްޓްރެސް އަކަށް ވެފައި މިވަނީ ކަމަކާ ނުލައެއް ނޫނެވެ. މި ދާއިރާ އަށް އޭނާ އިސްކަންދޭ މިންވަރާއި ކުރާ ބުރަމަސައްކަތުގެ ނަތިޖާއެވެ. އޭނާގެ ފިލްމް ތަކުން އޭނާ މިވަނީ މިހާތަނަށް ޖުމްލަ 1500 ކުރޯޑް ރުޕީސްގެ ފައިދާ ހޯދާފައެވެ. މިއީ މިހާތަނަށް އެއްވެސް އެކްޓްރެސްއަކަށް ހޯދިފައިނުވާ ވަރުގެ ބޮޑު އަދަދެކެވެ.

ދީޕިކާގެ ފިލްމްތަކާއި އޭނާއަށް އެ ފިލްމް ތަކުން ލިބުނު އާންމުދަނީ އަށް ބަލާލަމާ ހިގާށެވެ.

  1. ޕަދްމާވަތް 236 ކުރޯޑް ރުފީސް
  2. ޗެންނާއީ އެކްސްޕްރެސް 227 ކުރޯޑް ރުޕީސް
  3. ހެޕީ ނިއު ޔާ 205 ކުރޯޑް ރުޕީސް
  4. ޔޭ ޖަވާނީ ހޭ ދިވާނީ 190 ކުރޯޑް ރުޕީސް
  5. ބަޖިރާއޯ މަސްތާނީ 184 ކުރޯޑް ރުޕީސް
  6. ރާމްލީލާ 117 ކުރޯޑް ރުޕީސް
  7. ރޭސް 2 104 ކުރޯޑް ރުޕީސް
  8. ޕިކު 80 ކުރޯޑް ރުޕީސް
  9. އޯމް ސާތި އޯމް 79 ކުރޯޑް ރުޕީސް
  10. ކޮކްޓެއިލް 78 ކުރޯޑް ރުޕީސް

200 ކުރޯޑް 3 ފިލްމަކުން ހޯދާފައިވާއިރު ދީޕިކާ މިވަނީ ގިނަ ފިލްމް ތަކުން 100 ކުރޯޑަށްވުރެ ގިނައިން ހޯދާފައެވެ. މިއީ އެހެން އެކްޓްރެސްއަކަށް އަދި ހޯދިފައިނުވާ ކާމިޔާބީއެކެވެ. 1500 ކުރޯޑް ހޯދި އިރު މަތީގައިވާ ލިސްޓްގެ އިތުރުންވެސް ދީޕިކާ ކުޅިފައިވާ ބައެއް ފިލްމްތަށް އެ ލިސްޓްގައި ހިމަނާފައިނުވާނެއެވެ.