އިރު އަރާ އަދި އިރު އޮއްސޭ މަންޒަރު ބަލާލަން ކޮންމެ ދުވަހަކު ގޮނޑުދޮށަށް ( އަތިރިމަށްޗަށް) ދާ މީހުން މަދެއް ނޫނެވެ. އަދި މޫދަށް އެރިލާ ހިތްހަމަ ޖައްސާލުމަށްވެސް އަތިރިމަށްޗަށް ދާ މީހުންގެ އަދަދު މަދެއް ނޫނެވެ.

ސައިންޓިފިކް ނަޒަރަކުން ބަލާނަމަ ކޮންމެ ދުވަހަކުވެސް އަތިރިމަށްޗަށް ނުވަތަ މޫދުފެންނަ ހިސާބަށް ދިޔުމަކީ މުހިންމު ކަމެކެވެ. އަދި އެއީ ހަމަޖެހޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެޅޭ ބާރެއްވެސް މެއެވެ. އެގޮތުން ކޮންމެ ދުވަހަކު މޫދުފެންނަ ހިސާބަށް ނުވަތަ އަތިރިމަށްޗަށް ދިޔުމަށް ނިއުރޯސައިންސްވެރިން އިލްތިމާސް ކުރާ ބައެއް ސަބަބުތަށް ތިރީގައި އެވަނީއެވެ.

ސްޓްރެސް އާއި ދުރުވުން

ސްޓްރެސް އަކީ ކަމަކާއި މާބޮޑަށް ފިކުރު ބޮޑުވުމުން ތިމާގެ ހިތަށާއި ސިކުނޑިއަށް ކުރާ ބާރެވެ. ވަޒީފާގެ މާހައުލުގައިވެސް އައި އާންމު މާހައުލުގައިވެސް ސްޓެރެސް އާއި ކުރިމަތިލާން ޖެހޭލެއް ވަރަށް ގިނައެވެ. އެހެންކަމުން ކަންބޮޑުވުންތަކާއި ދުރުވުމަށް ކޮންމެ ދުވަހަކު މޫދު ފެންނަ ހިސާބުގައި ހޭދަކޮށްލުމަކީ ފައިދާހުރި ކަމެކެވެ. އެކަމުގެ ސަބަބުން ތިމާއަށް ހިތްހަމަ ޖެހުން ގެނެސްދީ ހަށިގަނޑަށް އަރާމު ލިއްބައިދޭނެެެއެވެ.

ޑިޕްރެޝަން އާއު ދުރުވުން

ޑިޕްރެޝަންއަކީ ނުވަތަ މާޔޫސް ބައްޔަކީ ކަންކަން ކުރުމުގެ މޫޑު ނެތުމާ، ތިމާގެ ވިސްނުމާ ފިކުރާ އިޙްސާސްތަކާ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމުން ދުރުވާކަމެކެވެ. ޑިޕްރެޝަންގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރިކޮށް އަމިއްލަ ނަފްސަށް ގެއްލުން ދެވޭ ފަހަރު ވަރަށް ގިނައިން އާދެއެވެ. އަދި ސައިންސްވެރިންގެ ނަޒަރުގައި މުސްތަގުބަލިގައި ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާނެ ސަބަބަކީވެސް ޑިޕްރެޝަންއެވެ. އެހެންކަމުން މޫދުފެންނަ ހިސާބަށާް ދިޔުމުން ތިމާގެ ހިތަށް ވެރިވެފައިވާ މާޔޫސްކަން ފިލާގޮސް ހިތްހަމަ ޖެހުން ލިބުމަށް މަގުފަހިވެއެވެ. އަދި އެކަމުގެ ސަބަބުން ފިކުރު ބޮޑުވުމާއި ދުރުކޮށްދެއެެވ.

ވިސްނުމުގެ ބާރު ގަދަކޮށްދިނުން

މޫދު ފެންނަ ހިސާބަށް ނުވަތަ އަތިރިމަށްޗަށް ދިޔުމުން ތިމާގެ ސިކުނޑިއަށް ހަމަޖެހުން ލިއްބައިދެއެވެ. އަދި ކަންކަމާއި ފަސޭހައިން ވިސްނުމަށް އެހީތެރިވެދެއެވެ. އަދި ފަސޭހައިން އެންމެ ރަނގަޅު ގޮތް ނިންމުމަށް މަގުފަހިކޮށްދެެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޖަޒީރާ ރާއްޖެ އޭތީ

  2. ޒަރީނާ

    އަހަރަމެން ކުޑައިރު އަތިރިޔައް ދެއިދެދަޅައް ދިޔާމަ އިލޮށިފަތިހުސް ވަންދެން މަންމަމެން ތަޅާ ކުޑައިރު.

    • ޗޫސް

      ތިހެން ބުންޏަސް ހިނިއާދޭ.މަގޭ މަންމަވެސް ހަމަ ތިހެން.