ޗައިނާގެ ބޭންކެއްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކަކާއެކު ކުރިއަށްދިޔަ ސްޓާފް ބައްދަލުވުމެއްގެ ތެރެއަށް ސީލިންގ ފަޅާލައިގެން ބޮޑު މާސިންގާ ހަރުފައެއް ވެއްޓި ގިނަބަޔަކު ބިރުވެރިކަމުގެ ތެރެއަށް ހިނގައްޖެއެވެ. އެ މަންޒަރު ހަމަ ލޮލަށް ފެނުނު އެތަނުގެ މުވައްޒަފުން ތިބީ ބިރުން ފިތްކެނޑިފައެެވެ.

ނަނިންގ ސިޓީގައި ހިންގަމުންދާ ޗައިނީސް އިންޑަސްޓްރިއަލް ކޮމާޝިއަލް ބޭންކުގެ ބްރާންޗެެެއްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ބައްދަލުވުން ކުރިއަށްދަނިކޮށް، ސީލިން ފަޅާލާފައި ވެއްޓުނީ ފަސް ފޫޓު ހުންނަ ވަރުގެ ބޮޑު ހަރުފައެވެ.

އެ ހަރުފަ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރުވެސް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. އެ ހަރުފަ ވެއްޓުނީ ދެ މުވައްޒަފުގެ ދެމެދަށެވެ. އެ ދެ މީހުންނާއި، އަދި އެތަނުގެ ތިބި އެހެން މުވައްޒަފުންވެސް ބިރުން ކުއްލިއަކަށް ދުރަށް ދާ މަންޒަރު އެ ވީޑިއޯއިން ފެންނައިރު، އެ ހަރުފަ އެ ތަނުން ދުރަށް ދާ މަންޒަރުވެސް ފެނެއެވެ.

https://www.facebook.com/shanghaiist/videos/297894937696342/?t=11

ރިޕޯޓްތައް ބުނާގޮތުގައި، އެ ހަރުފަ މިހާރު ވަނީ އެ ބޭންކް ތެރެއިން ނެރެފައެވެ. ވައިލްޑް ލައިފް އޮތޯރިޓީގެ އެހީގައި އެ ހަރުފަ އެތަނުން ނަގާ އެ މީހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެ ބޭންކްގެ ސްޓާފުން ބުނިގޮތުގައި، އެ ހަރުފަ ބޭންކް ތެރެއަށް ވަދެފައި ވަނީ، އެ ބޭންކާއި ޖެހިގެން ހުންނަ ގަހާއި މާ ވިއްކާތަނުންނެވެ.

މިއީ މިގޮތަށް ހިނގާދިޔަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ ކުރިންވެސް މިހަކަލަ ވަރަށް ގިނަ ހާދިސާތައް ވަނީ ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެނޭޖަރ

    މިވެސް ނޭނގެ ތެދުކަމެއް.