އެމެރިކާގެ ކެސިކޯގައި ހުންނަ ރެސްޓޯރެންޓްގެ ސެކިއުރިޓީ ބަލަހަންޓަން ތިބި ބަޔަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި އެ ރެސްޓޯރެންޓްއިން އެމީހާއަށް ގެއްލުމުގެ ބަދަލުގައި ދޭން ޖެހޭ 5000 ޑޯލަރު އަދިވެސް ނުދައްކާ ކަމަށް ޒަޚަމްކޮށްލި މީހާ ބުނެފިއެވެ.

މިހާރު އުމުރުން 53 އަހަރުގެ ޖޫލިސް ރޭންކަރ ނަމަކަށް ކިޔާ މިމީހާ ބުނެފައިވަނީ މިމީހާއަށް މީގެ 10 އަހަރު ކުރިން ރެސްޓޯރެންޓްގައި ތިބި 5 ވަރަކަށް ސެކިއުރިޓީ އޮފިސަރުން ވެގެން ވަރަށް އަނިޔާ ކޮށްފައިވާ ކަމަށެވެ. އަދި އަނިޔާކޮށްފައިވަނީ ބިލް ނުދައްކަ ދިޔަ ކަމަށް ބުނެ ކަމަށާއި ނަމަވެސް ފަހުން ގޮސް ބެލިއިރު ބިލަށް ވުރެ އިތުރަށް ފައިސާ ދައްކާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"ބޭނުންވަނީ އިންސާފް. އަސްލު ލާރި އެއް ނޫން ބޭނުމީ. ކޯޓްއިން އެގޮތަށް މީގެ 10 އަހަރު ކުރިން ޙުކުމް ކުރީ އެހެންވީމަ އެއީވެސް އަޅުގަނޑުގެ ޙައްޤެއް. އެ ޙައްޤު ނިގުޅައިގެންފައިވާތާ މިހާރު 10 އަހަރު." މިމީހާ ބުނެފައިވެއެވެ.

މިމީހާ އިތުރަށް ބުނެފައިވަނީ ދުވާލެއްގެ މައްޗަށް 10،000 ޑޮލަރަށްވުރެ ގިނަ ރުފިޔާ ލިބޭ ރެސްޓޯރެންޓްއަކުން ޖޫރިމަނާ ނުދެއްކޭނެ ސަބަބެއް އޮންނާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ނަމަވެސް މިރެސްޓޯރެންޓްއިން ބުނެފައިވަނީ މިކަން ހިނގާފައިވަނީ އެހެން މީހަކު އެރެސްޓޯރެންޓް ހިންގި އިރުގައި ކަމަށާއި އެމީހާގެ އަތުން މިފަދަ ޚަރަދެއް ހިނގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު