އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އޭނާގެ ލޯބިވެރިޔާ، ހޮލީވުޑް ޓެލެންޓް އެޖެންޓް ކްރިސްޓިއަން ކެރީނޯ އާއި އެންގޭޖް ވެއްޖެއެވެ.

ލޭޑީ ގާގާ އެންގޭޖްވިކަން ރަސްމީކޮށް މީޑިޔާއަށް ހާމަކޮށްފައިވަނީ އެލްގެ 25 ވަނަ އެނުއެލް ވިމެން އިން ހޮލީވުޑް ސެލެބްރޭޝަންގައެވެ. މި ހަފްލާގައި ކްރިސްޓިއަން ކެރީނޯ ނިސްބަތްކޮށް ބުނެފައިވަނީ އޭނާ އެންގޭޖްވެފައިވާ އޭނާގެ "ނީސް ކްރިސްޓިއަން ކެރީނޯ" މިހެން ނެވެ.

ލޭޑީ ގާގާ އެންޖޭޖްވިކަން ރޭ ހާމަކޮށްފައިވީ ނަމަވެސް މީގެ ކުރިންވެސް އެންގޭޖްމެންޓް ރިންގްއެއް އަޅައިގެން އުޅެނިކޮށް ލޭޑީ ގާގާ ވަނީ ފެނިފައެވެ. ފިޔާތޮށި ކުލައިގެ މި އަނގޮޓީގެ އަގަކީ 4 ލައްކަ ޑޮލަރު ކަމަށް ބޭރުގެ މީޑިޔާތަކުން ހާމަކުރެއެވެ. އަދި މި އަނގޮޓި ފަރުމާކޮށްފައިވަނީ 6-7 ކެރެޓް ފިޔާތޮށި ސަފިޔާ އާއި 3-4 ކެރެޓް ޑައިމަންޑް ބޭނުންކޮށްގެނެވެ.

ލޭޑީ ގާގާ އެންމެ ފަހުން މީހަކާާ އެންޖޭޖްވެފައިވަނީ މީގެ 5 އަހަރު ކުރިންނެވެ. އަދި މީގެ 3 އަހަރު ކުރިން އެގުޅުންވަނީ މެދު ކަނޑާލާފައެވެ. ލޭޑީ ގާގާ އެންގޭޖްވެފައިވާ ކްރިސްޓިއަން ކެރީނޯ އަކީ މީގެ ކުރިން ކައިވެންޏެއްކޮށް ދަރިއަކުވެސް ލިބިފައިވާ މީހެކެވެ. މީގެ ކުރިން އޭނާ ކުރި ކައިވެނިވެސް ރޫޅިފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނު

    ކަލޯގެއާ، އަޅެ ސަރީފްމެން ކައިރި ކުރިންބުނިނަ، ނުލާހިކު އަގުހެޔޮކޮއް ސަރީފްމެން އަންގޮއްޓި ގެނެސްދޭނެ އެވެސް ސެކުރިޓީ 5 ފީޗާލަފަ.

    • ނުރަބޯ

      ????.

  2. އަހްމަދު

    ޝަރީފު އެންގޭޖުވީ ފަސްހާސް ޑޮލަރުގެ އަނގޮޓިޔާ މާގިނައެއްނު