މި އަހަރުގެ ޖެނުއަރީގެ މަހުގެ ކުރީކޮޅު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބް އަންސާރީގެ ގާތިލް އިމްރާން ދަންޖައްސާ މަރާލުމުން ހިތްހަމަ ޖެހިފައިވާކަމަށް ޒައިނަބުގެ ބައްޕަ ބުނެފިއެވެ.

ޒައިނަބުގެ ބައްޕަ މުހައްމަދު އަމީން މިއަދު ބުނީ، ދަރިފުޅު މަރާލި މީހާއަށް ހައްގު އަދަބު ލިބުމުން އެކަމާއި ވަަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ޖިއޯ ނިއުސްއާ ފޯނުން ވާހަކަދައްކަމުން އެކަމާއި ހިތްހަމަޖެހިފައިވާކަން ހާމަކޮށްފައިވާއިރު، އިމްރާންއަކީ އެހެން ބައެއް ކުދިންގެ މަރުގެ ފަހަތުގައިވާ ގާތިލުވެސް މެއެވެ.

އޭނާ ވަނީ އެހެން ކުދިންތަކެއް މަރާލިކަމަށް އަމިއްލައަށް އެެއްބަސްވެފައެވެ.

އިތުރަށް ވާހަކަދައްމުން އަމީން ބުނީ، މިފަދަ ނިންމުންތައް ނިންމަން ވާނީ، އެ ކުށްކުރި މީހަކަށް އެކަނި ކަމަށާއި، އެވަރަށް ހެއްކާއި ގަރީނާ ލިބިގެން ކަމަށެވެ. އަދި ކުށެއް ނެތް މީހަކަށް މިވަރުގެ އަދަބެއް ދީގެންނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ އޭނާ ކުރި ކުށަށް އޭނާއަށް އަދަބު ލިބުމުން. މިއީ އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް ރަނގަޅު ފިލާވަޅަކަށް ވެގެންދާނެ" އަމީން މީޑިއާތަކަށް ބުންޏެވެ.

ޒައިނަބު މަރާލި އިމްރާން ދަން ޖައްސާ މަރާލާފައި ވަނީ، ލާހޫރުގައި ހުންނަ ކޮޓް ލަޚުޕަތު ޖަލުގައެވެ. އޭނާ ދަން ޖައްސާފައިވަނީ މެޖިސްޓްރޭޓަކާއި ޒައިނަބުގެ ބައްޕަގެ ކުރިމަތީގައެވެ.

ޒައިނަބު ރޭޕުކޮށްފައި ވަނީ، ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ޒައިނަބު އޭނާގެ އާއިލާ މީހެއްގެ ގޭގައި ހުއްޓާ ރަހީނުކޮށްގެން ގެންގޮސްފައެވެ. އޭނާ ރޭޕުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނިފައިވަނީ އޭގެ ފަސް ދުވަސް ފަހުންނެވެ.

ޒައިނަބުގެ ރޭޕްކޮށް މަރާލި މައްސަލަ ތަހުގީގުގެ ކަންތައް ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. އަދި އެ މައްސަލައާ ގުޅުގެން އިމްރާން ހައްޔަރުކުރެވުނެވެ. އޭނާ ހައްޔަރުކުރެވުނީ، ސާބިތު ހިފޭވަރަށް ހެއްކާއި ގަރީނާ ލިބިގެން، ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

އެގޮތުން ޑީއެންއޭ ޓެސްޓުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރި ތަހުލީލުތަކުން، ޒައިނަބުގެ ގާތިލަކީ އިމްރާނުކަން ހޯދުނެވެ. އަދި އެހެން ހަތް ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލް ތަކާވެސް، އިމްރާނުގެ ޑީއެންއޭ ސާމްޕަލް ދިމާވިއެވެ.

އޭނާ ރޭޕްކޮށްފައި ވަނީ، މައިންބަފައިން އުމްރާ ދަތުރެއްގައި މައްކާގައި ހުއްޓާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ޤިޞާޞް ހިފުމުގައި ދިރުން (ހިތްހަމަޖެހުމާއި އަމާންކަން) ވެއެވެ.

  2. ސަން

    ތިޔަހިން ހަމައެއް ނުޖެހުނީސް ޑިމޮކުރަސީގެ ދަށުން ކޯޓަކުން ނިންމާ ވަކީލަކަށް ލާރިދީގެން އެމީހާ ދުވަސް ކޮޅަކު ބަންދު ކޮށް ފަ ދޫކޮށްލިނަމަ.

  3. ވިސްނަވާ

    މިރާއްޖޭގަ ނޫނިއްޔާ ޤިސާސް ހިފާ. މަރަށް މަރު. ހަމަ ގައިމު ދެން ނުޖެހޭނެ ޒައިނަބުގެ ޤާތިލުގެ ކެއުމާއި ބުއިމާއި، އަންނޯނާ، ހުރުމާއި، ބޭސްފަރުވާ އަދި ސެކިއުރިޓީ އަބަދުގެ އަބަދަށް ޕާކިސްތާނުގެ އާންމު ރައްޔިތުންގެ ޚަރަދުގައި ބަލަހައްޓާކަށް.

  4. ރިފާ

    މިސާލަކައް ވަމާތޯއެވެ

    • އޭނަ

      ރަގަނ

  5. ސަޒުނާ

    މިހާރުވެސް މާ ބޮޑަށް ލަސްވެއްޖެ ތިބޭ ދައްޖެށުން. ﷲ އަކުބަރު.