އައިސް ޓީވީގެ ލިޓަސް ހޯމް ސެންޓަރ ޕްރެޒެންޓްސް އަޒޯނާގެ ދެވަނަ ސީޒަންގެ ދެ ވަނަ އެޕިސޯޑް މިރޭ 11:00 ޖަހާއިރު ދައްކާނެއެވެ. މިރޭ ދައްކާ އެޕިސޯޑްގައި އެކުގައި ފެނިގެން ދާނީ މިދިޔަ އަހަރު އެންމެ ގިނަބައެއްގެ ސަމާލުކަން ލިބުނު ދެ ތަރިންކަމުގައިވާ ޝިބާން އަހުމަދު އާއި މުހައްމަދު ޔުނާން އެވެ.

މި ދެ ތަރިންނަކީ 2017 ވަނަ އަހަރު ރިލީސްވި އެންމެ ވާދަވެރި ދެ ފިލްމްކަމުގައިވާ ހައްދު އަދި ބޮސް ލީޑް ދެ އެކްޓަރުންނެވެ. މި ދެތަރިން ފެނިގެން ގޮސްފައި ވަނީ ލީޑް ރޯލުން އަންހެން ބަތަލާގެ ގޮތުގައި ފެނިގެން ދިޔަ އަޒޯނާ ޝޯވގެ ހޯސްޓް މަރިއަމް އައްޒަ އާއެކުކަން ފާހަގަކޮށްލަން ޖެހެއެވެ.

https://www.facebook.com/662500767157697/posts/2228980657176359/

މިރޭ މި ދެ ތަރިން އެކުގައި ޝޯވއަކުން ފެނުން ހާއްސައެވެ. އެއީ މި ދެ ތަރިންނާއި މެދު ހިޔާލު ފާޅުކުރުމުގެ ތެރޭގައި ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ދެ ޑައިރެކްޓަރުން ކަމުގައިވާ ފައްތާހު އާއި ނަހުލާގެ މެދުގައި ދެބަސްވުމެއް ހިނގައި އާއްމުންގެ ބޮޑު ސަމާލުކަމެއް އެކަމަށްވެސް ލިބިފައިވުމުންނެވެ.

މީގެ ކުރިން އީދު ދުވަހަށް ހާއްސަކޮށް އައިސްޓީވީ އިން ފެނިގެން ދިޔަ “ލޯބިން”ގެ ހާއްސަ އެޕިސޯޑެއްގައި ދެ ތަރިން ބައިވެރިވި ނަމަވެސް އެކުގައި ފެނިފައެއް ނުވެއެވެ.

ޝިބާން އާއި ޔުނާންއާ ދެ މީހުން ފުރަތަމަ ފަހަރަށް އެކުގައި މިރޭ ފެނިގެންދާއިރު، އަޒޯނާ ޝޯވގައި މިރޭ މި ދެ ތަރިންނާއި ގުޅޭ ތަފާތު ވާހަކަތައް ދައްކާނެއެވެ. އަދި ތަފާތު ގޭމްތައްވެސް ކުޅޭނެވެ.

https://www.facebook.com/icetv100/videos/319391918861225/

އައިސް ޓީވީން ބުނިގޮތުގައި، އަޒޯނާގެ މި ޝޯވެސް އައިސް ޓީވީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްންނާއި، ފޭސްބުކް ޕޭޖް މެދިވެރިކޮށް ލައިވްކޮށް ބަލާލެވޭނެއެވެ.