ވޭލްސްގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ ވެކްހަމް އަށް އުފަން އަންހެނަކު އުމުރުން 100 އަހަރުގައި ކައިވެނިކޮށްފިއެވެ.

ނޯރާ ނަމަކަށް ކިޔާ އެއަންހެން މީހާ ކައިވެނިކޮށްފައިވަނީ އޭނާ 30 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު 74 އަހަރުގެ މެލްކޮމް ޔޭޓްސް ނަމަކަށް ކިޔާ މީހަކާއެވެ.

ނޯރާއާއި މެލްކޮމް ކައިވެނިކޮށްފައިވަނީ އެމީހުން ދިރިއުޅެމުން އަންނަ ޓަވުންކަމަށްވާ ޕްރެސޭޓޭޓީންގައި މިދިޔަ އަންގާރަ ދުވަހުގައެވެ. މީގެ ކުރިން ނޯރާ ދެ ކައިވެންޏެއް ކޮށް ވަރިވެފައިވާއިރު ޔޭޓްސް އަކީވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. މި ދެ ލޯބިވެރިން ފުރަތަމަ ދިމާވެފައިވަނީ 1980 ވަނަ އަހަރު ވޭލްގައި ބޭއްވި ނެށުމުގެ ފެސްޓިވަލަކުންނެވެ. އެ ދުވަހަކަށް ފަހު މިއަދާ ހަމައަށްވެސް މި ދެލޯބިވެރިން އުޅެމުން އައީ އެކީގައެވެ.

30 އަހަރު އެކުގައި އުޅުމަށްފަހު މިދެ ލޯބިވެރިން ކައިވެނިކޮށްފައިވާއިރު، ކައިވެންޏަށް ފަހު ޔޭޓްސް ބުނެފައިވަނީ އޭނާއަށް ހީވަނީ އަދިވެސް މިއީ އޭނާގެ އެންމެ ޒުވާން ދުވަސްވަރުހެން ކަމަށެވެ.

"އަހަންނަށް އިހްސާސް ވަނީ މިއީ އަދިވެސް އަހަރެންގެ އެންމެ ޒުވާން ދުވަސްވަރޭ." ޔޭޓްސް ބުނެފައިވެއެވެ،

ކައިވެންޏަށް ފަހު އުމުރުން 100 އަހަރުގެ ނޯރާ ބުނީ ޒަމާންވީ ލޯބިވެރިޔާ އާއި ކައިވެނިކުރެވުނީތީ އުފާވާ ކަމަށާއި އޭނާގެ ފިރިމީހާ އޭނާއަށް ނުކޮށްދޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ފިރިމީހާއާއި ނުލައި އެއްވެސް ކަމެއް މިއަދު އޭނާއަށް ނުވާނެ ކަމަށް ނޯރާ ބުނެފައިވެއެވެ. ނޯރާ ކައިވެނީގެ ހަފްލާއަށް އައިސްފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

އެ ދެމީހުންގެ ކައިވެނީގެ ހަފްލާ ކުލަގަދަގޮތެއްގައި ފާހަގަކުރި އިރު ދެފަރާތުގެ އާއިލާގެ ގިނަ މެންބަރުންނެއްވެސް ވަނީ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒުވާނާ

    ރަނގަޅު! ދެމީހަކު ކައިވެނި ކުރަންވާނީ ދެމީހުންނަންމެ އެކަކު އަނެކަކު ރަނގަޅަށް އެނގި ދަސްވެގެނޭ ބުނާތީ އަހަން. 30 އަހަރު އެކުގައި ހޭދަކުރީމާ މިހާރު އެކަކު އަނެއްކަކަށް ކޮންމެވެސް ވަރަކަށް އެނގޭނެހެން ހވޭ! އަދި ދިހަވަރަކަށް އަހަރު ފަސްކޮށްލާފައި ކައިވެނި ކުރިނަމަ ރަނގަޅަށް ދަސްވީހީ! ހައްހައްހާ!

  2. Anonymous

    ??? ކޮންގްރަސް.....

  3. ޣާދިރު

    ތިއޮތީ ކައިވެނި ކުރެވިފަ..

  4. ކިމް

    އަހަހާ

  5. މާހިރު

    ޢަސްލު ލޯބިވަންޏާ އޯކޭ ކޮންމެސްދުވަހަކުން ބައްދަލުވާނެ ...