ޗައިނާ އަކީ ކޮންމެ ކަމެއް ކުރުމުގައި ވެސް މިހާރު ދުނިޔޭގައި އެންމެ ނަން ހިނގާ ގައުމެވެ. ދުނިޔޭގެ ހުރިހާ ބާރެއް ހޯދުމުގައި ޗައިނާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ދާއިރު މިހާރު ޗައިނާ އިން އަނެއްކާވެސް މިވަނީ ވަރަށް އާދަޔާއި ހިލާފު ކަމެއް ކުރަން އުޅޭކަން އިއުލާން ކޮށްފައެވެ.

ޗައިނާގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ޗެންޑޫ ސްޓޭޓުން މިވަނީ ހަނދެއް ޖައްވަށް ފޮނުވަން ނިންމާ އެކަން އިއުލާން ކޮށްފައެވެ. 14 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗެންޑޫ އިން ޖައްވަށް ހަނދެއް ފޮނުވަނީ ސެޓްލައިޓެއްގެ ގޮތުގައެވެ. މިހަނދަނީ ޗެންޑޫ ސްޓޭޓަށް ރޭގަނޑު ވަގުތުތަކުގައި އަލި ކުރުމަށް ފޮނުވާ ހަނދެއް ކަމަށް އެ ސްޓޭޓްގެ ވެރިން ވިދާޅުވެއެވެ.

މިހަނދު ޖައްވަށް ފޮނުވުމުން ޗެންޑޫ ސްޓޭޓްގެ މަގުތައް ދިއްލުމަށް ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް ސްޓޭޓް ސަރުކާރުން ބުނެއެވެ.

އާޓިފިޝަލް ހަނދުގެ އެހީގައި 50 އަކަ މޭލުގެ ސަރަހައްދަކަށް އަލިވެގެން ދާނެ ކަމަށް ވެއެވެ.

ޗެންޑޫ ސްޓޭޓުން ނިންމާފައި ވަނީ 2020 ވަނަ އަހަރު މިހަނދު ޖައްވަށް ފޮނުވާށެވެ.

"ހަނދެއް" ޖައްވަށް ފޮނުވައިގެން ސިޓީތަކުގެ މަގުތަކަށް އަލި ކުރާ ވާހަކައަކީ އާވާހަކައެއް ނޫނެވެ. 1999 ވަނަ އަހަރު ރަޝިއާ އިން ވެސް މިފަދަ މަޝްރޫޢުއެއް ކުރިއަށް ގެންދިޔައެވެ. ސާބިއާގެ ސީޓީ އަކަށް އަލި ކުރުމަށްޓަކައި "ޒަމްޔާ-2" ނަމަކަށް ކިޔާ ޑިވައިސްއެއް ރަޝިއާ އިން ޖައްވަށް ފޮނުވިއެވެ. ނަމަވެސް އޯބިޓްގެ ތެރެއަށް ވަން ވަގުތު އެޑިވައިސް ވަނީ ހަލާކު ވެފައެވެ. އޭގެ ފަހުން ރަޝިއާ އިން އެފަދަ މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ޖައްވަށް ފޮނުވާ އުޅަނދަކުން ދުނިޔެ އަށް އަލި ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެއީ ޖަނަވާރުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި، ޖަނަވާރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް ގެންނާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުވާލު އަލިކުރައްވާ ، ރޭގަނޑު އަދިރިކުރެއްވާފަވަނީ ޚިކުަމްތަވަންތަ އިލާހެއްގެ ހިކުމަތްފުޅުންނެވެ. އެ ނިޒާމު ބަދަލުކުރުމަށް އިންސާނުން ޢިލްމުގެބޭނުންހިފުމުން ލިބޭގެއްލުންވެސް އިޙްސަސްކުރެވޭނެއެވެ.

  2. މިހާރު ހުރި ހަނދު ކަމުނުދަނީދޯ

  3. ރޭގަނޑު އިރުގެ އަލިކަން ލިބޭގޮތް ހަދާނަމަ މާ

    ރަނގަޅު ވީހެއްނު ދޯ...