އިންޑިޔާ އަކީ އަންހެނުންނާއި ކުޑަކުދިންނަށް އެންމެ ނުރައްކާ ގައުމުކަމީ މަސްރަހު ދިރާސާކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ލިޔެކިޔުންތަކުން ފެންނަން އޮތް ދެބަސްވުމެއް ނެތް ހަޤީގަތެކެވެ. ފިލްމީ ދުނިޔޭގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން އެބަޔަކަށް ހުއްޓިފައިވާ އެއްބަޔަކީ ބޮލީވުޑްގެ ތަރިންނެވެ. ބޮލީވުޑްގެ 90 އިންސައްތަ ފަންނާނުންނަކީ އިންޑިއާއަށް ނިސްބަތްވާ ފަންނާނުންނަށް ވާއިރު ބޮލީވުޑްގައި މަސައްކަތް ކުރާ އަންހެން ތަރިންނަށްވެސް އެކި ދުވަސްވަރު ވަނީ ޖިންސީ ފުރައްސާރައާއި އަދި އެހެނިހެން ގޯނާތަށް ކުރިމަތިވެފައެވެ.

އެގޮތުން ފާއިތުވި ދެތިން އަހަރަކީ ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ އަންހެން ފަންނާނުންނަށް ތަފާތު އެކި ގޯނާތަކާއި ކުރިމަތިލާން ޖެހުނު އަހަރުތަކެވެ. އަންހެން ފަންނާނުންނަށް ލިބެމުން އަންނަ ގޯނާއާއި ދެކޮޅަށް އަޑުއުފުލަން ބޮލީވުޑްގެ ގިނަ ތަރިން ނުކުޅެދިފައި ތިބި ނަމަވެސް އަންހެނުންގެ ހައްޤުތަށް ހޯދައިދީ ބޮލީވުޑްގެ އަންހެނުންނަށް ކުރާ ގޯނާއާއޮ ދެކޮޅަށް ތެދުވެ ބޮލީވުޑްގެ ތަރި ސައިފް އަލީ ހާން ވަނީ ދާދި ފަހުން ވަކާލާތުކޮށްފައެވެ.

އިންޑޯ އޭޝިއާ ނިއުސް ސާވިސް (އައިއޭއެންއެސް) ގައި ވާހަކަ ދައްކަމުން ސައިފް ބުނެފައިވަނީ ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ބައެއް އަންހެން ފަންނާނުންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތަރިންގެ ހުނަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ހުރަސްތަކާއި ކުރިމަތިވާ ކަމަށެވެ. އަދި ފިރިހެނުންނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށާއި އަންހެނުންނަށް ގަދަރުކޮށް އަންހެނުންނަށް އިހްތިރާމް ކުރަން ޖެހޭ ކަމުގައި ސައިފް ވަނީ ބުނެފައެވެ.

ސައިފް އިތުރަށް ބުނީ އަންހެނުންނަކީ ގަދަރުވެރި ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.