ބައެއް ފިލްމުތަކާއި ޓީވީ ސީރީޒްތަކަކީ އެ ފިލްމެއް ނުވަތަ ސީރީޒްއެއް ބަލާ ހިތުން ބަލާލެވޭ ފިލްމުތަކެވެ. ނުވަތަ ސީރީޒްތަކެވެ. އަދި އަނެއްބައި ފިލްމުތަކާއި ސީރީޒްތަކަކީ އެފިލްމެއް ނުވަތަ ސީރީޒްއެއްގެ ސަބަބުން ތިމާއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ނުވަތަ އިތުރު ތަކުލީފުތަކެއް ކުރިމަތިކުރުވާ ފިލްމުތަކާއި ސީރީޒްތަކެވެ.

އެގޮތުން މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ރިލީޒްކުރި ބިރުވެރި ޓީވީ ސީރީޒްއެއް ކަމަށްވާ "ދަ ހަންޓް އޮފް ހިލް ހައުސް" ގެ ފުރަތަމަ އެޕިސޯޑު ބެލި ބައެއް މީހުންނަށް ނަފްސާނީ ގޮތުން ގެއްލުންތަކާއި ކުރިމަތިވެފައިވާކަމުގައި އެމެރިކާގެ ފިލްމީ ހަބަރުތަށް ގެނެސްދޭ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެފިލްމުގެ ފުރަތަމަ އެޕިސޯޑު ބެލި ބައެއް މީހުންނަށް ހުން އައުމާއި ތުރުތުޅު އެޅުމާއި ކުއްލި ކުއްލިއަށް ސިއްސައިގެން ދިޔުން ފަދަ މައްސަލަތަށް ކުރިމަތިވެފައިވެއެވެ.

އާއިލާއަކަށް ގޭގެ ތެރެއިން ކުރިމަތިވާ ބިރުވެރި ކަންތަށްތަކެއް ދައްކުވައިދޭ "ދަ ހަންޓް އޮފް ހިލް ހައުސް"ގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑު އެކުލެވިގެންވެއެވެ. އަދި އެ ސީރީޒް އަކީ ކުޅަދާނަ ޑައިރެކްޓަރ ނައިކް ފަލަނަންޑަން ޑައިރެކްޓްކޮށްފައިވާ ނެޓްފްލިކްސްގެ އުފެއްދުމެކެވެ.

ހޮލީވުޑްގެ ބައެއް ސީރީޒްތަކާއި ފިލްމުތަށް ބެލި ބައެއް ފަރާތްތަކަށް މީގެ ކުރިންވެސް ވަނީ ސިއްހީ ބޮޑެތި މައްސަލަތަށް ކުރިމަތިވެފައެވެ. އަދި ބައެއް ފިލްމުތަށް ބަލައިގެން ބައެއް މީހުން ވަނީ ހާޓް އެޓޭކް ޖެހިގެން މަރުވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަންނަ ނުދަންނަ

    ދަ ހަންޓިންގ އޮފް ހިލް ހައުސް.. ހަންޓެއްނޫން

  2. ދަރީ

    ލިޔާނެ އެއްޗެއް ނެތިއްޔާ ދެން ހުއްޓާލަބަލަ

  3. ސައިކޯ

    ދެން އެވަރު މީހުން މިކަހަލަ އެއްޗެހި ބަލަނީ ކީތްކުރަންތަ؟؟؟؟

  4. ރޫރޫ

    މަ އެހެންވެ ނުބަލަނީ

  5. ޖޮއްބެ

    ދަ ހޯންޓިންގ އޮފް ހިލްހައުސް.

  6. އިމް

    ތެދެއްހަމަ ވަރަށް އުނދަގޫވޭ ބިރުވެރި ފިލްމު ނޫނަސް.. ހިތްއެދޭހާ ކަމެއް ރަނގަޅެއްނުވާނެ