އިންޑިއާގެ މަހަަރަޝްތްރާއަށް ނިސްބަތްވާ މީހަކު މަޝްހޫރު އޮންލައިން ޕްލެޓްފޯމަކުން ގަންނަން އޯޑަރު ކުރި ފޯނުގެ ބަދަލުގައި އެޅިގަލެއް ލިބުނު މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އޭނާ މި މަހުގެ ނުވަ ވަނަ ދުވަހު ފުލުހަށް އެ މައްސަލަ ހުށަހަޅާފައިވާއިރު، އޭނާ ބުނީ، އޮންލައިންކޮށް ފޯނެއް ގަންނަން ވެގެން ވެބްސައިޓު މެދުވެރިކޮށް އޭނާ އެ ފޯނަށް ފައިސާވެސް ދެއްކި ކަމަށެވެ. އެގޮތުން އޭނާ އެ ފޯން ގަތުމަށް ފައިސާ ދެއްކި ކަމަށްވެސް އެ މީހާ ވަނީ ބުނެފައެވެ.

މިއީ އޮންލައިންކޮށް ތަކެތި ގަންނައިރު ބައެއް މީހުންނަށް ވަރަށް ބޮޑަށް ކުރިމަތިވާ މައްސަލައެކެވެ. އެ މިހާ ބުނީ، އޭނާއަށް އެ ފޯނު ހަފްތާއެއްހާ ދުވަސް ތެރޭގައި ލިބޭނެކަމަށް އީކޮމާސްއިން އެންގި ކަމަށާއި އަދި މިދިޔަ އާދީއްތަ ދުވަހު އޭނާއަށް ޕެކެޖެއް ލިބުނު ކަމަށެވެ.

އަދި އެ ހުޅުވާ ބެލިިއިރު، އޮތީ އެޅިގަލެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، ފޯނު ކަމަށް އޭނާއަށް ބެލެވުނު ފޮށި ޑެލިވަރީ ކުރި މީހާއަށް ގުޅާ އެކަން އެންގި ކަމަށާއި، އެ މީހާ ބުނީ، އެއީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ އޭނާގެ ޒިންމާއަކީ ހަމައެކަނި އެ އެއްޗެއް ވެރިފަރާތަށް ރައްދު ކުރުން ކަމުގައިވާއިރު، ހަވާލު ކުރަން ޖެހޭ އެ އެއްޗެހި އޭނަ ބަލާ ނަހަދާކަމަށް އެ ޑެލިވަރީ މީހާ ބުނިކަމަށް އެ މީހާ ބުންޏެވެ.

އެހެންވެ އެ މީހާ ވަނީ މިދިޔަ އަންގާރަ ދުވަހު އެ އީކޮމާސް ކުންފުންޏާއި ދެކޮޅަށް ހުށަހަޅާފައެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ. އަދި އެކަން ބަލަމުން އަންނަކަަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު