އިންޑިއާގެ ރާޖްކޮޓްގެ ޕްރައިވެޓް ސްކޫލެއްގެ ވެރިއަކަށް "ޝުކުރިއްޔާ" ޖަހާފައި ލިބުނު ޕާރުސަލެއްގެ ތެރޭގައި ގޮވާއެއްޗެއް އޮއްވާ ފެނިއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން ނޫސްތަކުގައި އޭނާ ބުނީ، އޭނާއަށް ލިބުނު އެ ޕާރުސަލު ފޮނުވީ ކާކުކަމެއް ނޭނގޭކަމަށެވެ. އަދި ޕާރުސަލް އޭނާއަށް ލިބުނީ، ސްކޫލްގައި ހުއްޓާ ކަމަށް އޭނާ ބުނެއެވެ. މި ޕާރުސަލް އޭނާއަށް ފޮނުވާފައިވަނީ ކާކު ކަމެއްކަން އަދި ހޯދިފައި ނުވީނަމަވެސް މިކަމުގެ ތަހުޤީޤެއް މިހާރު ފުލުހުން ވަނީ ފަށާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާއަށް ލިބުނު އެ ޕާރުސަލުގައިވާ ބޮން އިއްޔެގެ ވަގުތެއްްގައި ވަނީ ޚާއްސަ ޓީމެއްގެ އެހީތެރިކަމާއިއެކު ނައްތާލާފައެވެ. މި މަހުގެ 12 ވަނަ ދުވަހު ލިބުނު އެ ޕާރުސަލު ތެރޭގައި އެ ބޮމުގެ އިތުރުންވެސް އިތުރު އެއްޗެހިތަކެއް ހުއްޓެވެ.

"އޭގައި ލިޔެފައި އޮތް އޭނާއަކީ، އަހަރެންގެ ހިންގާ ސްކޫލްގައި ކިޔެވި ކުއްޖެއް ކަމަށް. އަދި މި ހާދިޔާ ދެނީ އަހަރެން އެ މީހުންނަށް ދިން ސަޕޯޓަަށް ޝުކުރުވެރިވުމަށް ކަމަށް،" އެ ސްކޫލްގެ ވެރިޔާ ޑޮބަރިޔާ ބުންޏެވެ.

އޭގައި ބުނެފައިވާގޮތުގައި، އޭނާ އެ ފޮށި ހުޅުވަން ޖެހޭ ދުވަހަކީ އޮކްޓޯބަރު 14 ވަނަ ދުވަހެވެ. ނަމަވެސް އޭނާ އެ ފޮށި ހުޅުވާފައިވަނީ އޭގެ ދެ ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އޭގެ ތެރޭގައި ހުރި ތަކެތި ފެނިފައި އޭނާ ވަގުތުން އެކަން ފުލުހަށް ރިޕޯޓް ކުރިއެވެ.

އެ ޕާރުސަލުގައި ބޮމާއި ބޮން ހެދުމަށް ބޭނުންކުރާ ގޮވާތަކެތި ހުރިއިރު އެތަކެތި ނޮގޮވީ އޭނާގެ ނަސީބުކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. މިއީ އެމީހާ ހިންގަމުން އަންނަ ސްކޫލަށް އަމާޒުކޮށްގެން ދޭން އުޅުނު ހަމަލާއެއް ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު