އެމެރިކާގެ އައްސޭރިފަށުގައި އޮންނަ ސްޓޭޓެއް ކަމަށްވާ އޮރެގާގެ އުމުރުން 13 އަހަރުގެ ކުއްޖަކަށް ޔަންގް ސައިންޓިސްޓް އެވޯޑް ދީފިއެވެ. ރިޝާބް ޖިއާންއަށް މިއެވޯޑް ދީފައިވަނީ ޕެންކްރިއަޓިކް ކެންސަރަށް ފަރުވާ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އުކުޅެއް ހޯދުމުގެ ސަބަބުންނެވެ.

ޕެންކްރިއަރސްއަށް ޖެހޭ ކެންސަރު ރަނގަޅު ކުރުމަށްޓަކައި މިހާރު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޕެންކްރިއާސް ދެނެގަތުމެވެ. ގޮހޮރާއި ބަނޑާއި ކައިރީގައި އޮންނަ ޕެންކްރިއާސް އެހެން ގުނަވަންތަކުން ފޮރުވިފައި އޮތުމާއިއެކު، ކެންސަރު ފަސޭހަ ކުރުމަށް ބޭނުން ކުރާ ރޭޑިއޭޝަން ބޭނުން ކުރުމަށް އުނދަގޫ ތަކެއް ކުރިމަތިވެއެވެ. މިކަންވާ ގޮތަކީ މިގޮތަށް ރޭޑިއޭޝަން އިން ފަރުވާ ކުރާއިރު ކެންސަރު ނުޖެހޭ އިތުރު ސެލްތަކަށް އަސަރު ކުރުމެވެ.

އުމުރުން 13 އަހަރުގެ މިކުއްޖާ އެކުލަވާލި މި އާޓިފިޝިއަލް އިންޓެލިޖެންސްގެ އެހީގައި ޕެންކްރިއަރސް އޮތް ސީދާ ހިސާބު ދެނެގަނެވެއެވެ.

ރިޝާބް ޖިއާން ބުނި ގޮތުގައި އޭނާ މިޓެކްނޮލޮޖީ އުފައްދާފައިވަނީ މިދިޔަ އަހަރު ގްރޭޑް 7 ގައި ޕެންކްރިއަސްއަށް ޖެހޭ ކެންސަރު އާ ބެހޭ ގޮތުން މައުލޫމާތު ލިބުމުންނެވެ. މިއީ ކެންސަރުގެ ސަބަބުން މީހުން މަރުވާ 3 ވަނައަށް އެންމެ އާއްމު ކެންސަރަށް ވުމާއިއެކު، މީގެ ފަރުވާއަށް ބޭނުންވެފައިވާތީ މިކަން ކުރީ ކަމަށްވެސް މިކުއްޖާ ބުނެފައިވެއެވެ.

މިކުއްޖާގެ މަސައްކަތަށް އަގު ވަޒަން ކުރުމުގެ ގޮތުން 25،000 ޑޮލަރުގެ ނަގުދު ފައިސާ މިކުއްޖާއަށް ވަނީ ދީފައެވެ.

ސައިންވެރިން އުންމީދު ކުރަނީ މިޓެކްނޮލޮޖީގެ ސަބަބުން ޕެންކްރިއަރސްއަށް ޖެހޭ ބަލިތަކުން މީހުން ސަލާމަތްވުމަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހުން

  މި ރާއްޖޭގަ މިފުރާ ކުދިން ދުވާނީ މަގުމަތިން ބިޓުން ކަޓުވަމުން މީހުންނަށް ނުހޮރުއްޕާން ކުރަމުން.

  • ލަވް ޔޫ ބޭބީ

   އާން އޭރުން އަހަރުން ކަންތަށް ނިމުނީ އޭ!!

 2. ލަވް ޔޫ ބޭބީ

  އާންއެކޭ!

 3. ލަވް ޔޫ ބޭބީ

  އާން ބިޓުން ނެގީމަ އަހަރުން ކަންތަށް ނިމުނީ!