ކެލިފޯނިއާގެ ހައި ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖަކު އޭނާގެ ކާފަ މަރުވުމުން އަންދާލުމަށްފަހު، ހަށިގަނޑު އަންދާލި އަޅި ބޭނުންކޮށްގެން "ކުކީ" ހަދައި އެތަކެތި ކްލާސް ކުދިންނަށް ބެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު، މި ކުއްޖާ އާއި އޭނާގެ ރަހުމަތްތެރިއަކުވެގެން ހެދި އެ ކުކީތައް އެ މީހުންނާއެކު ކިޔަވަމުންދާ ކުދިންތަކަކަށް ވަނީ ކާންދީފައެވެ.

މި މައްސަލަ އާއި ގުޅިގެން، ދަ ވިންސިއާ ޗާރޓާ އެކަޑަމީގައި ކިޔަވަމުންދާ އެ ކުދިންނާއި އޮފިޝަލުން ސުވާލުކުރުމުން އެނގިފައިވަނީ، އޭގެ ތެރެއިން ނުވަ ކުއްޖަކު އެ ކުކީތައް ކައިފައިވާ ކަމަށެވެ. އަދި އެ ކުދިން އެ ކުކީތައް ކެއީ، އެއީ ކޮން ކަހަލަ، އަދި ކިހިނެހ ހަދާފައިވާ އެއްޗެއްކަން ނޭގިކަމަށްވެސް ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން އެ އަންހެން ކުއްޖާގެ ރަހުމަތްތެރިޔަކު ބުނިގޮތުގައި، އެއީ އަޅިކަންވެސް އެނގުނީ ކެއި ފަހުންނެވެ. އަދި އެއީ އެކުއްޖާގެ ކާފަ މަރުވުމުން އަންދާލުމަށްފަހު ހުރި އަޅިތަކުން ހެދި ކުކީކަން އެނގުނީ، އެފަދަ ކަމެއް ދޭހަވާފަދަ ގޮތަކަށް އެ އަންހެން ކުއްޖާ ވާހަކަދައްކާފައި ވާތީ ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން އެ ކުކީ ކެއުމަށްފަހު ވަރަށް ބޮޑަށް ކަންބޮޑުވާން ފެށި. އަހަރެން ފުރަތަމަ ހީކުރީ އޭނާ އެ ކުކީސް ތެރެއަށް މަސްތުވާ އެއްޗފެއް އެޅިކަމަށް. އޭގައި ލަނީ ހަމަ އަޅި ރަހަ" އޭނާ ބުންޏެވެ.

އެއެކަން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މި މައްސަލަ އާއިލާއިން ބަލައި ކުރިއަށް ގެންދިއުމަށް ދޫކޮށްލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ ޤާނޫނީގޮތުން އެފަދަ ކަމެއްގައި ފިޔަވަޅެއް އެޅެން ނޯންނާތީއާއި އެކަމުގައި ބައިވެރިވީ ކުޑަކުދިން ކަމުގައިވާތީ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު