އޭލިއަނުން ދުނިޔެ އިން ނުވަތަ ޖައްވުގެ ތެރެއިން ނަމަވެސް ފެނުމަކީ ބައެއް އިންސާނުންގެ ވަރަށް ބޮޑު އުއްމީދެކެވެ. އޭލިއަނުންނަކީ ޚިޔާލީ އެއްޗެއް ނޫންކަމާއި އެއީ ޙަޤީޤަތުގައި ވެސް އުޅޭ އެއްޗެއް ކަމަށް ގަބޫލު ކުރާ އެތައް ބަޔަކު އެބަތިއްބެވެ. އެތައް ސައިންސްވެރިންނެއް ވެސް އެބަތިއްބެވެ. ނަމަވެސް އަދިވެސް އޭލިއަނެއް އިންސާނުންގެ ހަމަލޮލަށް ފެންނަ ވަރެއް ނުވެއެވެ.
އޭލިއަނުންގެ ވާހަކަ އަނެއްކާވެސް މިހަފްތާގައި މިވަނީ ސައިންސްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ގަދަވެފައެވެ. އެއީ ފްރާންސްގެ ޕެރިހުގައި ދިރިއުޅޭ މީހަކު ނެގި ކަމަށް ބުނާ ވީޑިއޯއެއް ސަބަބުންނެވެ.
ވީޑިއޯ އިން ފެންނަނީ ޔޫއެފްއޯ އެކެވެ. ނުވަތަ ކޮންއެއްޗެއް ކަން ބުނަން ނޭނގޭ އުޅަނދެކެވެ. ނަމަވެސް ވީޑިއޯ ދިރާސާ ކުރި މީހުން ބުނަނީ މިފަހަރު މިއޮތީ އޭލިއަނުން ދުނިޔެ އަށް އައިސްފައެވެ.
ވީޑިއޯ އިން ފެންނަ އުޅަނދުން ދޮރުތަކެއް ވެސް ފެންނަ ކަަމަށް ވީޑިއޯ ދިރާސާ ކުރި މީހުން ބުނެއެވެ.
އޭލިއަނުންނާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ސްކޮޓް ވާރިން ބުނާ ގޮތުގައި ވީޑިއޯ އަކީ ފޭކެއް ކަމަށް އޭނާ އަށް ވެސް ފުރަތަމަ ހީކުރެވުނެވެ. ނަަމަވެސް ފަހުން ބެލި ބެލުމުން އެއީ ފޭކެއް ނޫން ކަމާއި އެއީ އަސްލެއް ކަން ޔަގީން ކުރެވިފައިވާ ކަމަށް އޭނާ ބުނެއެވެ.
އިތުރު ސައިންސްވެރިއެއް ކަމަށްވާ މައިކް ބާމް ބުނީ މިއީ އޭލިއަނުން ދުނިޔެ އައީ ކަން 100 އިންސައްތަ ކަށަވަރުވާ ވީޑިއޯއެއް ކަމަށެވެ.
ނަމަވެސް ސުވާލަކީ އެއުޅަނދުގައި އައި އޭލިއަނުން ކޮބައި ހެއްޔެވެ؟ އެއުޅަނދު ކޮބައި ހެއްޔެވެ؟ އުޅަނދު ދުނިޔެއަށް ޖައްސާފައި ވަނިކޮށް އެއްވެސް މީހަކަށް ފެނުނު ހެއްޔެވެ؟ ފެނުނު ނަމަ އެމީހަކު އެވާހަކަ ނުދައްކަނީ ހެއްޔެވެ؟
ސުވާލަކީ އޭލިޔަނުންކަމަށް ތިބުނާ ބަޔަކު އަބަދު އަންނަނީ އެއްވައްތަރު އުޅަނދުތަކެއްގައިހޭ. ތާކުންތާކު ނުޖެހޭ ވާހަކަ.
ގޫޑް ޕޮއިންޓް
މަވެސް އައީ އެއުޅަނދުން
ކޮބާ ވީޑިއޯ؟
Mashah fenunu. Ekamu evahaka dhakkan beynun nuvee. Kanthahthah hurigothun eygemathin foohivefa hurivarun evahaka nudhekkee. Mivarahves mibunevunee v keh koffa.
މަވެސް ދެކުނިން...
އެއިގެންފޭބިމީހަކު ނޮވެމްބަރުގައި ރާއްޖެ އަންނަން އެބައުޅޭ!
އޭގެއިން ފޭބި އެކަކު މިހާރު ރާއްޖޭގެ ވެރިކަމުގަ އެބަހުރި
ދެން ސަލާމަތެއް ނެތްތާ!
އެ ވީޑިއޯ ކޮބައި ހެއްޔެވެ؟
ވީޑިއޯ ކޮބާތަ؟
ޔޫ މީން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން؟
ނޯ ޕް. ދޭ ވޯންޓް ކަމް ފްރޮމް ދަ ސްކައި.
ހާ ށަވިޏަންޏަށް ހާ ށަވިޔަނި ކިޔުނީ ކީއްވެބާއޭ؟
އާބާ ފިއްޔާއި އޯބޯފިލި ދެމެނީ ކީއްވެބާ؟