ބޮލީވުޑްގެ ބަތަލްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުން އަންނަ ސަލްމާން ޚާން އޮޅުކޮށްގެން ގެންގުޅުނު ކުއްތާ މަރުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އެ ކުއްތާ މަރުވިއިރު، އޭނާ ވަނީ އެ ކުއްތާއެކު ކުރީގައި ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށް އެ ކުއްތާ މަރުވެއްޖެކަން އިއުލާނުކޮށްފައެވެ.

"އަހަރެންގެ އެންމެ ރީތި އަހަރެންގެ ލޯބިވާ މަރުވެއްޖެ". ސަލްމާން އިންސްޓަގްރާމްގައި ލިޔުނެވެ. ސަލްމާންގެ އެ މެސެޖުން އޭނާ ވަރަށް ބޮޑަަށް ދެރަވެފައިވާކަން އިނގެއެވެ.

"މައިލަވް"ގެ ނަމުން ނަން ދީފައިވާ އެ ކުއްތާއަކީ ސަލްމާން ވަަރަށް ލޯބިން ގެންގުޅުނު އެއްޗެކެވެ. މީސް މީޑިއާ މެދުވެރިކޮށް އޭނާ އެ ކުއްތާއާ ބެހޭގޮތުން ވަަރަށް ގިނައިން ވާހަކަދައްކައެވެ. އަދި ސަލްމާން އާއެކު އެ ކުއްތާ ހޭދަކުރާ ވަގުތުތަކުގެ ފޮޓޯތަކާއި، ސަލްމާންގެ ލަވަތައް އެ ކުއްތާ ބަލާ މަންޒަރު ފެންނަ ވީޑިއޯ ކްލިޕްތައްވެސް އޭނާ އިންސްޓަގްރާމް ކުރެއެވެ.

ސަލްމާން އަބަދުވެސް އެ ކުއްތާ ދެކެ ލޯބިވާކަން ހާމަކުރާއިރު، އޭނާ މީގެ ކުރިން ގެންގުޅުނު ދެ ކުއްތާއެއްވެސް ވަނީ މަރުވެފައެވެ. އެއީ 2009 ވަނަ އަހަރުއެވެ. އެ ކުއްތާތަކުގެ ހަނދާންތައް އަބަދުވެސް އޭނާ އަދާކުރަމުންދެއެވެ.

ސަލްމާން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، މިހާރު އޭނާ ކުރަމުން ދަނީ ފިލްމް ބާރަތްގެ މަސައްކަތެވެ. އަދި މީގެ އިތުރުން ބިގްބޮސްގެ ހޯސްޓެއްގެ ގޮތުގައިވެސް ސަލްމާން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙައްވަ

  ސަލްމާން ޚާން ޢަކީ މުސްލިމެއް ނޫންތަ؟

  • އިސްލާމް

   ނަމުން މުސްލިމް. ކަމުން ކާފަރު.

   • މުސލި

    އެއީ ކއްވެ

    • މޯލްޑިވިޔަން

     ސައުދީ މީހާ އައް ވުރެ ރަނގަޅު މިީހާ

 2. އަފީފާ

  މުސްލިމުންގެނަމުގަތިބިކާފަރުންތީ؟

 3. ޢަލީ

  ޢޭނަ ބުނީ އޭނާއަކީ ހިންދޫއެއް އަދި މުސްލިމެކޯ!

 4. ޕާންޑިއަން

  ސަލްމާނުންނައް ވަނީ ހަމަ ތިހާކައްވަރު.. އެއީ ސައުދީގެ ސަލްމާނަކަސް އިންޑިޔާގެ ސަލްމާނަކަސް..

 5. ހުޅަނގު

  ދެންމިނޫންބަޔަކު ނެތިގެން އުޅޭ! ގޯސްވާނީ ދޮންމީހަކު ކަންކުރީމަ!! ގިނަ ދިވެހިންނަކީ ހަމަ ދެފުއްކެހެރި މުނާފިޤުން!

  • މަ

   ތެދު ވާހަކައެއް. ފިސާރި ދީންވެރި ކޮމެންޓު ކޮށް އަރުވާއިރު ހީވާނެ ކަމެކޭ. ގިނަ ދިވެހިންނަކީ ބަހާއި ކަމާ ދިމާނުވާ ބައެއް.