އެންމެ އުފާފުޅުވާ ކަމަކީ ކިޔަވާދިނުން ކަމަށާއި އެންމެ ހިތާމަކުރެއްވި ދުވަހަކީ މަންމާފުޅު ނިޔާވި ދުވަސް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "މެހެމާން ސަރާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ މަންމާފުޅު ނިޔާވި ހަބަރު ލިބިވަޑައިގަތީ މިސްރުގައި ކިޔަވަން ހުންނެވި ދުވަސްވަރުގައި ކަމަށާއި އެކަމަނާ ނިޔާވި ހަބަރު ލިބުމުން ވަރަށް ފުން ހިތާމައެއް ލިބިވަޑައިގަތްކަމަށެވެ. އަދި އެއީ ހަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަސްކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

30 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ ގަޔާވާ ކަމަކީ ކިޔަވާދިނުމެވެ. އަދި އެއީ އެމަނިކުފާނުގެ ދާއިރާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

"ކިޔަވައި ދިނުމަކީ އަޅުގަނޑުގެ ދާއިރާ. އެއީ އަޅުގަނޑު އެންމެ އުފާވާ ކަންތަށް. އެހެންވެ އެހާ ގިނަ ތަންތާނގައި ކިޔަވައިދޭން އުޅުނީވެސް. އަދި ރައީސް ކަން ލިބުމަށްފަހުވެސް ކިޔަވައިދޭން އުޅުނިން،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވިގޮތުގައި އެންމެ ތުއްޕުޅު އިރު އެމަނިކުފާނު އެންމެ ވާން ބޭނުންފުޅުވީ މޮޅު ކްރިކެޓް ކުޅުންތެރިއަކަށެވެ. އަދި ކުޑައިރު ކުރިކެޓް ކުޅުމަށް ހާއްސަ ލޯތްބެއް ޖެހިވަޑައިގެންފައި ވާކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ، އެމަނިކުފާނު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިސްރުގެ އެމެރިކަން ޔުނިވާސިޓީގައި ކަމަށެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ މިސްރުގެ އެމެރިކަން ޔުނިވާސިޓީގައި. އެތާނގައި ލެކްޗަރަރ އަކަށް ދެ އަހަރު އުޅުނުން. އެއަށްފަހު ނައިޖީރިއާގެ ކޮލެޖެއްގައި ދެއަހަރު ލެކްޗަރަރ އަކަށް އުޅުމަށް ފަހު ރާއްޖެ އައީ. ރާއްޖެ އައިސް އަމީނިއްޔާ ސްކޫލުގައި ޓީޗަރަށް މަސައްކަތް ކުރީ،" މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ އެންމެ މޮޅު ދަރިވަރުގެ މަގާމްވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޝަރީފް

    ތިޔާ ބޭބެ ތިޔާ ބުނީ ނުބައިކޮށް!

  2. ސުންބުޅި

    ދެން މާފުށީ ޖަލުގަ އީވާ ނަސީމު މަރާލިދުވަސް ދޯ؟

  3. ނުލަފާ

    މާފުށީ ޖަލުގަ އީވާ ނަސީމު މަރާލިދުވަސް އެއީ ކަލޭވަރަށް އުފާވި ދުވަހެއްދޯ؟

  4. ނުރަބޯ

    އެންމެ އުފާވާކަމަކީ ވެރިކަންކުރުން. އެންމެ ދެރަވިދުވަހަކީ 2008 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަތުން ބަލިވި ދުވަސް.

  5. މައިސަން

    އެންމެ އުފާވާކަމަކީ ވެރިކަންކުރުން. އެންމެ ދެރަވިދުވަހަކީ 2008 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަތުން ބަލިވި ދުވަސް. އެދުވަހު ރުއީ އުސްފަސްގަނޑުގަ، އެންމެ އުފާވި ދުވަހަކީ ފުރަތަމަ ދެކުދިން ލިބުނު ދުވަހޭވެސް ބުނި

  6. މޫސަ

    އަހަރެން އެންމެއުފާވިދުވަހަކީ މައުމޫނު ޖަލަށްލީދުވަސް

    • ?

      ????

  7. ސިޔާސަ

    ތިޔަ ބޭބެއަކީ ނާސިރު ވެރިކަމުން ބާލަން މުޒާހަރާކުރަން މަގުމަތީގައި ދުވުނު ބޭބެއެއް

  8. ހުސޭނުބޭ

    އެހެންވިއެްޔާ އެންމެ އުފާވާ ކަންތައްތައް ދޫކޮށްލާފައި ރަން 30 އަހަރާއި އަދި އޭގެ ފަހަށް 10 އަހަރު ވެރިކަމާ ބަގުޑިބެއްދީ ކޮން ބޭނުމަކުތޯ! ކިޔަވާދޭނެ ދަރިވަރުން ހޯދުމަށްތޯ!

  9. ޒީ

    އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް މަނިކުފާ ވިލާ ކޮލެޖަށް ލެކްޗަރ އަކަށް ވަޑައިގަތުން ވަރަށް ބޮޑު އުންމޭދެން އަޅުގަނޑަކީ މަނިކުފާނުގެ ދަރިވަރަކަށް ވުން.

  10. ނިބޫ

    މި ކަލޭގެ އެންމެ ބޭނުން ވާނީ ކެރަފާ އަންނި އާއި ގުޅިގެން ގައުމުގަ އޮއެއް އަމަން އަމާން ކަމާއި ސުލްހަވެރިކަން ނަގާލާ ރިޝްވަތާއި ފަސާދ އުފެއްދުން.

  11. ނަން ނޭނގޭ

    ނޭނގުނޭ ތިޔަވިދާޅުވި ބަހުގެ މާނައެއް މޫސާ.

  12. ބޭބީ

    އެންމެ އުފާވާނީ މިބޭގަނޑު ނުފެންނަން ފެށުމުން