މިއަހަރު އިނގެރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި ކައިވެނި ކުރި ކުރީގެ އެކްޓްރެސް މޭގަން މައިކަލް މާބަނޑުކަން ހާމަ ކުރި ހިސާބުން ގިނަ ބައެއްގެ ސަމާލުކަން މިވަނީ އޭނައަށް ހުއްޓިފައެވެ. މިގޮތުން މޭގަންގެ އާއްމު ދިރިއުޅުމުގައި ކުރާ ކަންތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ބަލާލަން ގިނަ ބަޔަކު މިވަނީ ކެތް މަދުވެފައެވެ.

ޕްރިންސް ހެރީ އާއި ކައިވެނި ކުރި ފަހުން ކުރި ހަތަރު ވަނަ ރޯޔަލް ޓުއަރގައި އޮސްޓްރޭލިޔާއަށް ގޮސް އެޤައުމުގައި އުޅޭ މީހަކަށް މޭގަންވަނީ މިވާހަކަތައް ކިޔާދީފައެވެ. މިވާހަކަތައް ކިޔާދިން އޮސްޓްރޭލިޔާގެ މީހާވަނީ މިވާހަކަތައް ބޭރުގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ސްކައި ނިއުސް އާ ހިއްސާކޮށްފައެވެ.

މޭގަން ބުނެފައިވަނީ މާބަނޑުވުމަކީ ވަރަށް ބުރަ ކަމެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަކަން ފާހަގަ ވެފައިވާކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން މިހާރު ކޮންމެ ދުވަހަކު ފަތިހު 4 ޖަހާއިރު ޔޯގާ ޖައްސާ ކަމަށް މޭގަން ބުނެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ ކުރިންވެސް މޭގަންވަނީ އެތައް ފަހަރެއް މަތިން ޔޯގާ އަކީ އޭނާ ކުރާ ހިއްވާ ކަމެއް ކަމުގައި މީޑިޔާތަކަށް ހާމަކޮށްފައެވެ. މީގެ އިތުރުން މޭގަން މަންމަ އަކީ ޔޯގާ އިންސްޓްރަކްޓެރެއްކަން ފާހަގަކޮށްލެވެއެވެ. މޭގަން މާބަނޑުވެފައިވާކަން ޝާހީ ގަނޑުވަރުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މޭގަން ވިހާނެ ތާރީޚެއް އަދި ހާމަކޮށްފައިއެއް ނުވެއެވެ.