ފިލްމީ ތަރިއަކު ރޭޕްކުރިކަމަށް ތުހުމަތު ކުރެވޭ ފިރިހެނަކު، ބުރިޖެއްގެ މަތިން ފުންމާލައިގެން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ.

އިންޑިއާގެ އަންހެން ފިލްމީ ތަރިއަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެ ހޫނުވެފައިވާ މި ދަނޑިވަޅުގައި، އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ އޭނާގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި އަނިރްބާން ޑަސް ބްލާހް ނަމަކަށް ކިޔާމީހެކެވެ. ނަމަވެސް ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅެނިކޮށް އޭނާ ވަނީ ސަލާމަތްކޮށްފައެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި ވަނީ މުމްބާއީގެ ބުރިޖެއްގެ މަތިން ފުންމާލައިގެންނެވެ. ބައެއް އެހެން ތަރިންތަކެއްވެސް ރޭޕް ކުރިކަމުގެ ތުހުމަތު ކުރެވޭ އަނިރްބާން ބުރިޖުން ފުންމާލަން މަސައްކަތް ކުރަމުންދަނިކޮށް، ސަލާމަތްކޮށް، އޭނާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

އަނިރްބާންއަކީ ޚުވާން އެންޓާޓެއިންމެންޓްގެ ކޯ ފައުންޑަރެވެ. އޭނާ ސަލާމަތްކޮށްފައިވަނީ ރޭ 12:30 ހާއިރުއެވެ. އޭނާ ސަލާމަތް ކުރިއިރު، މީހާ ވަރަށް ބޮޑަށް ޑިޕްރެޝަންއަށް ގޮސްފައިވާކަމަށާއި، އޭނާ ވަރަށް ބޮޑަށް ރޮއެފައިވާކަން މޫނުމަތިން އެނގޭކަމަށް މީޑިއާތަކާއި މަޢުލޫމާތު ޙިއްސާކުރި އޮފިޝަލަކު ބުނެފައި ވެއެވެ.

އެތައް އަންހެނަކު ވަނީ އަނިރްބާން އެ މީހުންނަށް ޖިންސީ ގޯނާ ކުރަމުންދާކަމަށް މީގެ ކުރިން ބުނެފައެވެ. އެހެންވެ މިހާރު އޭނާ ކައިރީގައި މަސައްކަތް ނުކުރަން އިންޑަސްޓްރީގެ ވެރިން ވަނީ އެފަރާތްތަކަށް އަންގާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ ފިލްމީ އިންޑަސްޓްރީގެ ތެރޭގައި ރޭޕް އާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަ ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މި މައްސަލަތައް ފެންމަތިވަމުންދާއިރު، އެޤައުމުގެ ޤާނޫނުން ޒިނޭކުރުން މިހާރު ވަނީ ހުއްދަކޮށްފައެވެ. އަދި އެއްޖިންސުން ގުޅުން ހިންގުންވެސް އެޤައުމުގައި މިހާރު ވަނީ ހުއްދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު