ޕާކިސްތާނުގައި ލާހޫރްއަށް ނިސްބަތްވާ އަންހެނަކު އެންޓިޓެރަރިޒަމް ކޯޓު ކުރިމަތީގައި މުޒާހަރާކޮށް، އޭނާގެ ގަޔަށް އެސިޑް ޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފިއެވެ. އޭނާ ބުނީ، އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބުގެ މަރަށް އިންސާފު ލިބުނު ފަދައިން އޭނާގެ މައްސަލައަށްވެސް އިންސާފު ލިބެން ބޭނުންވާ ކަަމަށެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަން ވެގެން ނައިލާ ނަމަކަށް ކިޔާ އެ އަންހެން މީހާ އެ ކޯޓު ކުރިމަތީގައި މުޒާހަރާ ކުރިއިރު، އެ އަންހެން މީހާ ބުނީ، އޭނާއަށް އެސިޑުން ހަމަލާދީފައި ވަނީ، ފިރިމީހާ އަރްޝަދު އާއި ފިރިމީހާގެ ބޭބެ މުހައްމަދު ޚާން ކަމަށެވެ.

އެހާދިސާ ހިނގީ މިދިޔަ ޖުލައި މަސް ތެރޭގައެވެ. މިހާރު އަންހެން މީހާގެ ފިރިމީހާ ޖަލުގައި ހުރިކަމަށް އޭނާ ވަނީ ބުނެފައެެވެ. އަދި އެ ފިރިހެން މިހާގެ ބޭބެ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވީނަމަވެސް، އޭނާވެސް ޖަލުގައި ބަންދު ކުރަން ބޭނުންވާކަަމަށް ވަނީ ބުނެފައެވެ.

ނައިލާއަށް ދިމާވި އެ ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާގެ ބައްޕަ ބުނީ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރޭ ދިމާވި އެ ހާދިސާ ހިނގީ މައިންބަފައިންނާއެކު ގެއަށް ދިޔަ މަގުމަތީއެވެ. ނާއިލާގެ ބައްޕަ ބުނީ، އެ މީހުން ގެއަށް ދިޔަ މަގުމަތީ ސައިކަލެއްގައި އައި ހަތަރު މީހަކު އެ މީހުންގެ ފަހަތުން ހުއްޓުނު ކަމަށެވެ.

އަދި އޭގެ ތެެެރެއިން އެއް ސައިކަލުގައި އޭނާގެ ފިރިމީހާ އާއި ރަހުމަތްތެރިއެއް އިންއިރު، އަނެއް ސައިކަލުގައި ހުރީ ފިރިމީހާގެ ބޭބެއެވެ. އެ މިހުން އައިސް ނާއިލާ ހިފެހެއްޓުމަށް ފަހު ގަޔަށް އެސިޑް ޖެހީއެވެ. އަދި އެ މީހުން ވަނީ ފިލާފައެވެ. އެހާދިސާއަށްފަހު ނާއިލާއަށް ހޮސްޕިޓަލްގައި ފަރުވާދެވުނުއިރު، އޭނާގެ ގައި ވަރަށް ބޮޑަށް ފިހެވިފައިވާކަަމަށް ވެއެވެ.

އެ ހާދިސާއަށްފަހުވެސް، އެކި ގޮތްގޮތުން ފިރިމީހާގެ އާއިލާގެ ފަރާތުން ނާއިލާއަށް ދަނީ އިންޒާރު ލިބެމުންނެވެ.

މިއަދު އެންޓި ޓެރަރިޒަމް ކޯޓުގައި އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ތާވަލުކުރި ނަމަވެސް ފަހުގެ ތާރީހަކަށް އެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަަަަަަަަަެލޫކަސް

    ޖާބިރު ކަލޭތީ ފެއިލް ވެފައި ހުރި މީހެއް.

    • ?

      .ކީކޭ؟ ޖާބިރުއޭ. މިވާހަކައިގަ ނޫޅޭއެހެން ކިޔާމީހެއް.?

  2. ވ ސަާލާމްތޯއްޗެއް

    އިންސާފު ބޭނުން ވެއްޖެއްޔާ ރާއްޖެ އާދޭ މިތާގަ ވ ގިނައިން މިހާރު ލިބޭ