ފްލައިޓެއްގެ ތެރޭގައި ބަދުއަހުލާޤީ ޢަމަލު ހިންގި ފިރިހެން ކެބިންކުރޫއެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނީ، އެމެރިކާގެ މައި އެއާލައިނެއް ކަމަށްވާ ޑެލްޓާ އެއާގެ ފްލައިޓެއްގެ ތެރޭގައި އެ އެއާލައިނުގައި މަސައްކަތްކުރާ ކެބިންކުރޫ އަކާއި ފްލައިޓަކުން ދަތުރުކުރި ފަސެންޖަރަކާއި ބަދު އަހުލާޤީ ޢަމަލު ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ.
މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން ބުނެފައިވަނީ، ބަދު އަހުލާޤީ ޢަމަލު ހިންގާފައި ވަނީ ޑެލްޓާ އެއާގެ ފިރިހެން ކެބިންކުރޫ އަކާއި އެ އެއާލައިނުގެ ފްލައިޓަކުން ދަތުރުކުރި ފިރިހެނަކާއި އެކު، ފްލައިޓެއްގެ ފާހަނާގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ނަގާފައިވާ ވީޑިއޯއެއްކަމެއް އެފަރާތުން ހާމައެއް ނުކުރެއެވެ.
މި މާއްސަލަ އާއި ގުޅިގެން އެ ކެބިންކުރޫ ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. އަދި އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާއިރު، ކެބިންކުރޫ އާއި މެދު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ޑެލްޓާ އެއާލައިނުން ބުނެފައި ވެއެވެ.
ކަލޭމެން ދެމީހުން އަވަހަށް އިންޑިއާ އަށް ދޭ. އެ ގައުމުގައި ތިޔަ ކަމަކީ ހުއްދަކަމެއް.
އެމެރިކާގަ، ތިޔަކީ ކުއްވެރިވާނެ ވަރުގެ ކަމެއް ނޫނެއްނު