އިންސާނާގެ ހަންގަނޑު ވިރުވާލާ، މަސްގަނޑު "ކާލާ" ފަދަ ބާރުގަދަ ބެކްޓީރިއާއެއް ކަމަށްވާ ޑައިންޓްރީ ފަތުރާ މަދިރިއެއް ކްއީސްލޭންޑްގައި އާއްމުވެފައިވާކަމަށް އެޤައުމުގެ ނޫސްތަކުން ހާމަކޮށްފިއެވެ.

ޑައިންޓްރީ ބެކްޓީރިއާއަކީ އެ ހަށިގަނޑު ތެރެއަށް ވަނުމަށްފަހު 6 މަސް ދުވަސްފަހުން އޭގެ އަސަރު ފެންނަ ބެކްޓީރިއާއެކެވެ. މިބެކްޓީރިއާގެ ސަބަބުން ގުނަވަންތައް ވިރި އާޚިރު ނަތީޖާއަކަށް މީހާ ދުނިޔެއާ ވަކިވެގެންދެއެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަހަރު މިހާތަނަށް ކްއީންސްލޭންޑްގައި މިބެކްޓީރިއާ ޖެހިގެން 6 މީހަކު މަރުވެފައިވާ ކަމަށެވެ.

މިބެކްޓީރިއާ ހޯސްޓް ކުރާ ޖަނަވާރަކީ މަދިރިއެވެ. މިބަލި ފެތުރެމުންދާ ސަރަހައްދުގައި ހުންނަ ޖޭމްސް ކުކް ޔުނިވަރސިޓީގެ ޕްރަފެސަރަކުވަނީ މިސަރަހައްދުގައި އުޅޭ 17،000 އެއް ހާ މަދިރި ބޭނުންކޮށްގެން މިބެކްޓީރިއާ މަދިރީގައި ހުރިތޯ ތަޙްލީލެއްކޮށްފައެވެ. އަދި މިތަޙްލީލްތަކަށްފަހު ބުނެފައިވަނީ މިސަރަހައްދުގެ މަދިރީގައި ކޮންމެވެސް ވަރަކަށް ބެކްޓީރިއާގެ އަސަރު އެބަ ހުރި ކަމަށެވެ. މި ބެކްޓީރިއާ ފެތުރިގެން 2011 ވަނަ އަހަރުވެސްވަނީ ކްއީންސް ލޭންޑްއިން 60 މީހުން މަރުވެފައެވެ.

މިހާތަނަށް މި ބެކްޓީރިއާ ފެތުރެމުންދާ ކަމަށް 60 ޤައުމަކުން ހާމަކޮށްފައިވީނަމަވެސް ބެކްޓީރިއާ ޖެހިގެން މަރުވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވަނީ ކްއީންސްލޭންޑްއިންނެެވެ.

މި ބެކްޓީރިއާ ހަށިގަނޑު ތެރެއަށް ވަނުމުން ފުރަތަމަ އަލާމާތެއްގެ ގޮތުން ގައިގައި ބިހި ނަގައެވެ. އަދި ބިހިތައް ބޮޑުވެ ހަށިގަނޑު ދުޅަވެއެވެ. އަދި ފާރުވެއެވެ. މިގޮތަށް މިކަންތައް މުޅި ހަށިގަނޑަށް ފެތުރިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަފްލާ

  ﷲ އަކްބަރު ﷲ އަކްބަރު ﷲ އަކްބަރު

 2. ހަނީ

  ޔާﷲ މި ވަބާއިން މި ދިވެހި ޤައުމު ސަލާމަތް ކުރައްވާދޭވެ!

  • ހަހުރަ

   އާމީން!

  • Anonymous

   ޢާމީން

 3. ާއަލް

  ޢާމީން!

 4. ޢާލާ

  ޔާﷲ! މިކަހަލަ ނުރައްކާތެރި ބަލިތަކުން އެންމެހާ މުސްލިމުން ރައްކާތެރި ކުރައްވާށި!
  ޢާމީން.

  • މުސްލިމް

   ޔާﷲ އާމީން