ފިރިހެނުންނަށްވުރެ ގިނަ ވަގުތު ގެވެހި މަސައްކަތުގައި އަންހެނުން އުޅޭ ކަމަށް ދިރާސާއެއްގައި ބުނެފިއެވެ.

ސްޕރިންޑަރސް ޖާނަލް ސެކްސް ރޯލްސްގަައި ޝާއިރުކޮށްފައިވާ މިދިރާއަކީ ކެނެޑާގައި ކޮށްފައިވާ ދިރާސާއެކެވެ. މިދިރާސާގައި ބުނެފައިވަނީ ފިރިމީހާއާއި އަނބިމީހާ އާ ދެމީހުން މަސައްކަތުގެ މާޙައުލަށް ނިކުންނަ އާއިލާތަކުގައިވެސް ގޭތެރޭގެ މަސައްކަތް ބޮޑަށް ކުރަނީ އަންހެނުން ކަމަށެވެ. އަދި ހަމައެކަނި ފިރިހެނުން މަސައްކަތް ކުރާ އާއިލާތަކުގައި އަންހެނުންނަކީ ގޭތެރޭގައި މަސައްކަތު "ގުލާމުން"ގެ ގޮތުގައި ބޭނުން ކުރާ ބައެއްކަން ވެސް މި ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

900 މީހުން ބައިވެރިކޮށްގެން ކުރިޔަށް ގެންދިޔަ ދިގު ދިރާސާގައި އިތުރަށް ބުނެފައިވަނީ އަންހެނުންނާއި ފިރިހެނުން ކުރާ ގޭގެ މަސައްކަތްތަކަށް އުމުރާއި އެކު ބަދަލު ނާންނަ ކަމަށާއި އުމުރުން 18 އަހަރުގައި އަންހެނުންމީހާ ކުރަން ޖެހޭ ކަންތައް ނުވަތަ އެމީހާގެ މަސްއޫލިއްޔަތުތައް އުމުރުން 40 އަހަރުގައިވެސް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފިރިހެނުން މަސައްކަތެއް ނުލިބި ގޭގައި ތިބޭ ދުވަސް ދުވަހުވެސް އަންހެން މީހާއާއި އޭނާގެ މަސައްކަތް ކުރަން ހަވާލުކުރާކަމާއި މިއީ ނިސްބަތުން ގިނަ ފިރިހެނުންގެ އާދައެއްކަމަށް ވެސް މިދިރާސާގައި ބުނެފައިވެއެވެ.

އަންހެނުންނާއި ފިރިހެނުންނާއި ދެމެދު ތަފާތު ކުރުންތައް ބޮޑު ކަމަށްބުނެ އަންހެނުން މިހާރަކަށް އައިސްދަނީ އެމީހުންގެ ޙައްޤުަތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޙަޤީޤަތުގައި އަންހެނުން ބާރުވެރިވާނީ އަންހެނުން މިކުރާ މަސައްކަތުގައި ފިރިހެނުންގެ ބައިވެރިވުންވެސް އޮވެެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަމަރސް

    ބުނަންތަ އަންހެނުން އެއީ އެމަސައްކަތަށް ސިކުނޑި އަދި ހަށިގަނޑު ލައްވާފައިވާ މީހުން. ﷲއަށް އީމާންނުވާ މީހުންގެ ވާހަކަތަކުގައި ޖެހި އިންސާނީ ޖީލު ގެ އަސްލު އުފެއްދެވި މަޤްސަދު މިއޮއް ގެއްލި ދުނިޔެ ފަސާދަވެގެން ހިގައްޖެ.