ފްލޮރިޑާގެ ޕަލްމެޓޯގެ ގޯލްފް ކޯޓެއް ކަމަށްވާ ބަފަލޯ ކްރީކް ގޯލްފް ކޯސް ތެރެއިން، "ޗަބްސް"ގެ ނަމުން ނަންދެވިފައިވާ އާދަޔާއި ޚިލާފަށް ބޮޑު ކިނބުލެއް ފެނިއްޖެއެވެ.
މީގެ ކުރިން މި ކިނބޫ ފެނިފައިވަނީ، މީގެ ދެ އަހަރު ކުރިން އެ ކޯޓުގެ ފެންގަނޑެއްގެ ކައިރިންނެވެ. މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކިނބޫ ގޯލްފް ކޯޓު ތެރެއިން ފެނުނު ވަގުތު އެތަނުގައި ގިނަ ޢަދަދެއްގެ ބަޔަކުވެސް ތިއްބެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެސޮރު ޙަމަލާ ދީފައެއް ނުވެއެވެ.
ދިގުމިނުގައި 16 ފޫޓު ހުންނަ މި ކިނބޫ ގޯލްފް ކޯޓުގެ ތެރެއިން ދިޔަ މަންޒަރު އެވަގުތު ކުޅެން ތިބި ގިނަ ބަޔަކަށް ފެނިފައިވާއިރު، އެފަރާތްތަކުން ވަނީ އެ މަންޒަރު ފޮޓޯނަގައި ވީޑިއޯކޮށް މީސްމީޑިއާގައި ދައުރުކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން "ޗަބްސް" އަށް މިހާރު ވަނީ ލިބިގެން ގޮސްފައެވެ.
https://youtu.be/p7YhUHmPoKs
މީގެ ދެ އަހަރު ކުރިން އެންމެ ފުރަތަމަ "ޗަބްސް" ފެނުނުއިރު އެކަމާއި ގުޅިގެން އެ ކޯޓަށް ކުޅެންދާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އެސޮރުގެ ސަބަބުން އެއްވެސް މީހަކަށް އަދި އަނިޔާއެއް ލިބިފައި ނުވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި އެތަނުގެ ޖަންގައްޔެއްގެ ތެރޭގައި ކިނބޫ އޮތީ ބާއްވާފައެވެ.
"ޗަބްސް އަކީ ނުރައްކާ ކުރިމަތިކުރުވަފާނޭ ކިނބުލެއް ނަމަވެސް މިހާތަނަށް އެފަދަ ހާދިސާއެއް ހިނގާފައި ނުވޭ. އަދި އެސޮރު ޖަންގަލި ތެރެއިންވެސް ނިކުންނަނީ މަދު ފަހަރެއްގައި. އަހަރެމެންވެސް އެސޮރު ހޯދާކަށް މަސައްކަތެއް ނުކުރަން. ދެ އަހަރު ފަހުން ޗަބްސް ފެނުނުއިރު ކުރިއަށްވުރެ ބޮޑުވެފައި ބިޔަ،" އެ ގޯލްފް ކޯޓުގައި މަސައްކަތްކުރާ މީހަކު ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނެފައިވާގޮތުގައި، "ޗަބްސް"ގެ ސަބަބުން އެ ގޯލްފް ކޯޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އަދި އެކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ ފަތުރުވެރިންވެސް "ޗަބްސް" ބަލާލުމުގެ ބޭނުމުގައި އެތަނަށް ޒިޔާރަތްކުރާ ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގަވެސްއެބައުޅޭ
ދިވެހިރާއްޖެއަށްވެސް ތިވަރުގެ ކިނބުލެއް ވ އަވަހަށް އަރާނެ ކަމަށް ލަފާކުރެވޭ ނޮވެމްބަރ 11 ނުނީ 17 ވަނަ ދހުވަހު އަރައިފިއްޔާ ދުވާވަހުން ކެތްވެސް ނުވާނެ ޖަންގަލީގަ ރޭގަނޑު އުޅެފަ ދުވާލު ނުކުން ނާނީ ފެންނުވަރާ
އަސްލުވެސް ތަ؟ ކިހިނެއް ފެންނުވަރާކަން އެގެނީ. ކަލޭ ހީކުރަނީ ކަލޭ ގައިން 24 ގަޑިއިރު ސެންޓް ވަސް ދުވާ ކަމަށްތަ؟ މަލާމާތް ކުރަނީ
ގޮލްފް ކޯސް*