ގިނަ ޢަދަދެއްގެ ފަސެންޖަރުންތަކެއް ދަތުރުކުރި ކްރޫޒްލައިނެއްގައި ދަތުރުކުރި އިންޑިއާ ބައެއްގެ ސަބަބުން އެއިން ދަތުރުކުރި އެނޫން އެންމެނަށް ޓިކެޓުގެ ރީފަންޑު ދޭން ޖެހިއްޖެއެވެ.

ސިންގަޕޫރުން ޔޫރަޕަށް ދަތުރުކުރަމުން ދިޔަ، "ވޮޔޭޖާސް އޮފް ދަ ސީ" ނަމަކަށްކިޔާ "ޕައިރެޓްސް އޮފް ތަ ރޮޔަލް ކެރީބިއަން"ގެ އެ ބޯޓުން ތިންހާހެއްހައި މީހުން ދަތުރުކުރިއިރު އޭގެތެރޭގައި 1300 އެއްހައި އިންޑިއާ މީހުން ތިބިކަމަށް ވެއެވެ. އެމީހުންނަކީ ކޮންފަރެންސަކަށް ދިއުމަށް ދަތުރުކުރި، އިންޑިއާގެ ދުންފަތް ކުންފުންޏެއްގައި މަސައްކަތްކުރާ ބައެއް ކަމަށް ވެއެވެ.

އެ ބޯޓުން ދަތުރު ކުރި ބައެއް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އިންޑިއާއަށް ނިސްބަތްވާ މީހުން ބޯޓުގެ ތެރޭގައި އުޅެމުން ދިޔައީ "ވަރަށް އަހުލާގު ދަށް"ކޮށް ކަމަށެވެ. އަދި ބޯޓުން ދަތުރުކުރި ޔޫރަޕަށް ނިސްބަތްވާ މީހުންނާއި ހުތުރު ބަހުން މުޢާމަލާތުކޮށް އެމީހުނަށް ފުރައްސާރަކުރުންފަދަ ކަންކަން އިންޑިއާއަށް ނިސްބަތްވާ މީހުންގެ ގުރޫޕުން ކޮށްފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

"އަހަރެމެން ދިޔައީ އުފާވެރި ޗުއްޓިއެއް ހޭދަކޮށްލުމުގެ ނިޔަތުގައި. އެކަމު އެމީހުން އުޅުނު ގޮތުން އެކަން ބަދަލުވެ އަހަރެމެން ތިބެން ޖެހުނީ ބިރުވެރި ކަމެއްގެ ތެރޭގައި. އިންޑިއާއަށް ނިސްބަތްވާ އެއިން ބައެއް ފިރިހެނުން އަހަންނާއި އަހަރެންގެ އަންހެން ދަރިފުޅު އަދި ރަހުމަތްތެރީންގެ ފޮޓޯ ނަގައި ޖިންސީ ފުރައްސާރަކޮށް އުޅުނު،" އެ ބޯޓުން ދަތުރުކުރި އޮސްޓްރޭލިއާގެ ފަތުރުވެރިއަކު ނޫސްތަކުގައި ބުނެފައި ވެއެވެ.

ބައެއް ރިޕޯޓްތަކުގަިއ ބުނެފައިވާގޮތުގައި އެ ބޯޓުން ދަތުރުކުރި އިންޑިއާއަށް ނިސްބަތްވާ މީހުން ވަނީ މުޅި ބޯޓު "ހިސޯރުކޮށް" އެއިން ދަތުރުކުރި އެހެން މީހުނަށް ދަތިތައް ކުރިމަތި ކުރުވާފައެވެ. އެގޮތުން ބޯޓުގެ ރެސްޓޯރެންޓާއި ޕޫލަށް ފޭބުމަށް އެހެން ބަޔަކަށް ފުރުސަތު ނުދީ ބިރު ދައްކަމުން ދިޔަ ކަމަށް އެފަރާތުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން އެ ކްރޫޒްލައިނާ ހިންގާ ފަރާތުން ފަސެންޖަރުންގެ ކިބައިން މަޢާފަށް އެދިފައިވާއިރު، އެފަރާތުން ބުނީ ރޯޔަލް ކެރީބިއަން އިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ. އަދި ބޯޓު ތެރޭގައި ހިނގާދިޔަ ކަންކަން ބަލައި ތަހުޤީޤު ކުރަމުންދާކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    What

  2. ޢަސްތާ

    ޢިންޑިޔާ މުޅި ދުނިޔެ އަށް އޮތް ވަބާ އެއް...

  3. މޯދީ

    ޢިންޑިއާ ގެ ބޮޑުވަޒީރު އުޅެނީ ދިވެހިބަހުން ޓްވީޓް ކުރެވޭތޯ !އަމިއްލަ ޤައުމުގެ އަޙްލާޤް ރަނގަޅު ކުރެވޭތޯ ބެލިއްޔާ ރަނގަޅެއްނު !

    • އ

      އަސްލުވެސް

  4. ހަސަންބެ

    އިްނކުރެޑިބަލް އިޑިއެޓްސް....ތި ދުނިޔެއަށް ވެރިވަމުން އަންނަ ވަބާއެއް....ތި ގައުމު އގުތިސޯދީ ގޮތުން މުއްސަނދި ވުމަކީ ދުނިޔޭގެ އެންމެނަށް ވެސް އޮތް ބިރެއް...އެކަން ހުއްޓުވަން ޖެހޭ!!! ސައިޒުގަ މައިތިރި ކުރުވުމަށް ޓަކާ!!

  5. ގެރިމޯދީ

    ކޮން އަހްލާގެއް އޮންނާނީ. މީހުން މަރަންވެސް ޖެހިލުމެއްނުވާނެ. މޯދީވެސް އެހެރީނުން އެއްހާހައްވުރެން ގިނައިން މީހުން މަރާފަހުރި މީހެއް، މޯދީ ވެރިކަމުގައި އިންޑިޔާ މީހުންގެ އަހްލާގް ހުންނާނެގޮތް މިކަމުންވެސް ދޭހަނުވޭތަ؟

  6. މޯދީ

    ތިހަބަރު މޯދީއަށް ޓްވީޓް ކޮއްލަބަލަ

  7. މަންޖެ

    ކޮބައިތަ ރިފަންޑް ދޭން ޖެހިފައި

  8. ހުރިހާ ދިވެހިން އެއްބައިވާންޖެހޭ

    މި ގައުމުގެ އެއްވެސް ގޮނޑުދޮށަކުން މިކަހަލަ ބަޔަކަށް ޖާގަ ދީގެން ނުވާނެ. އެ މީހުން ދިވެހިން ބޭރު ކުރާނެ، އަދި މިތަނަށް ވެރިވާނެ، މަލިކުން އަދިވެސް ފައިބާކަށް ނޫޅޭ.

  9. ރުޒާނާ ޗޮއްޕަޓު

    ރޭޕް އިންޑިއާ މީހުން ތި ބޯޓުތެރޭ ރޭޕް ކަންތައްގަނޑެއް ނުހިންގިކަން ލައްކަ ރަނގަޅުތާ.

  10. ރުޒާނާ ޗޮއްޕަޓު

    އޭ ގެރިބޭ ކަލޭ ނިކަން މިތާ ހުރި ކޮމެންޓްތައް ކިޔާބަލަ. ދިވެހި ދަންނަމެއްނު.