ބޮލީވުޑްގެ ސުޕަރ ސްޓަރ ސްރީ ދޭވީ މަރުވުމުގެ ކުރިން އޭނާ އުޅެމުން ދިޔައީ ވަރަށް ބޮޑަށް ހިތާމައިގެ ތެރޭގައިކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ސްރީ ދޭވީގެ ބޮޑު ބޭބޭ ވެނުގޯޕަލް ރެޑީ ޓެލެގޫ ނިއުސް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ސްރީ ދޭވީގެ ހިނިތުންވުމުގެ ފަހަތުގައި ހިތާމަތަކެއްވާ ކަމަށެވެ.

"އަހަރުމެންނަށް އެނގޭ ބޮނޭ ކަޕޫރްގެ އަތުން ވަރަށް ގިނަ ފައިސާތަކެއް އޭނާގެ ފިލްމީ ހަޔާތުގައި ދިޔަކަން. އެކަމުން އަރައިގަތުމަށް ސްރީ ދޭވީގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި އެ މީހުން ވިއްކާލީ. ސްރީ ދޭވީގެ ހިތުގައި އަބަދުވެސް ހިތާމަތަކެއްވޭ. ސްރީ ދޭވީ މަރުވެގެން ދިޔައީވެސް ވޭނުގައި. އޭނާ ހިނިތުންވެގެން ހުންނަތަން ފެންނަނީ ދުނިޔެއަށް އޭނާގެ ހިތާމަތައް ފޮރުވުމަށްޓަކައި". އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ސްރީ ދޭވީ ފިލްމް ކުޅުމަށް އެނބުރި އައީވެސް ސްރީ ދޭވީގެ މިލްކިއްޔާތުގައި ހުރި ތަކެތި ވިއްކާލުމުން ފައިސާ ހޯދޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

އުމުރުން 54 އަހަރުގައި ސްރީ ދޭވީ މަރުވީ ދުބާއީގައެވެ. އޭނާ މަރުވިއިރު، ދެ ދަރިންނަނާއި ފިރިޔަކު ދުނިޔޭގައި އެބަހުއްޓެވެ. ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކުރުމަށްފަހު، އޭނާ މި ދުނިޔެއާ ވަކިވީ މުޅި އިންޑިއާގެ ފިލްމް އިންޑަސްޓްރީ ރޮއްވާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދެން ނަރަކަވަންތަ ވެރިއެއްގެ ވާހަކަ ފައްފައްކޮށްފަ ތި ޖަހަނީ ކާކުރުއްސަންތަ؟

    • ކަލޭތަ...ނަރަކަޔަށް ވައްދަނީ.......

      • އޭނަ މަރުވީކުފުރުގެތެރޭ އަދި ކުފުރުގެ އެންމެ ހައްދުފަހަނައެޅި ވައްތަރު ބުދައް އަޅުކަންކުރުމުގަ ކަން އަހަންނަށް ޔަޤީންކަމާއެކު އެނގޭތީ އަހަރެން މިބުނީ އޭނަޔަކީ ނަރަކަވަންތަވެރިއެކޭ އެތާ އަބަދަށް އޮންނަގޮތުގަ. އަހަރެން ނުބުނަން ޑޮނަލްޑް ޓްރަންޕް ނަރަކަޔަށްދާނެ އެކޭ އެކަމު އޭނަވެސް އެގޮތުގައިހުރެ މަރުވެއްޖެނަމަ ޔަޤީން ނަރަކައަށްދާނެކަން.

    • ބަލާލީމާވެސް އިގޭ ވަރަށް ހިތާމައާއިއެކު ކަން މިޅި ހަޔާއް ވޭތު ކުރީ

  2. ތިޔަވާހަކަތައް ދައްކަމުންގޮސް އަދި ބުނާނެ ސްރީދޭވީ މަރެއް ނުވެޔޭވެސް

  3. ޔައުނީ އޭނާ ފިލްމީ ދާއިރާ އަށް ނިކުތީ 4 އަހަރުގަ އޭ ދޯ

  4. ރީދޭވީ މަރެއް ނުވެ