މާލެ ކައިރިން ބޮޑު މަހެއް ނުވަތަ ވޭލެއް ތިލަވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ވިލިނގިއްޔާއި މާލެ އާއި ދެމެދުގެ ކަނޑުގެ ސަރަހައްދުން ބޮޑު މަހެއް ފެނިފައި ވަނީ ޑިންގީއެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނުން ތަކަކަށެވެ. ބޮޑު މަސް ފެނުނު ޒުވާނުން ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ އެވީޑިއޯ ބަލާފައެވެ.
https://www.facebook.com/eshan.eshan.7/videos/1565734280239769/
މެރިން ރިސާޗް ސެންޓަރުން ވިދާޅުވާ ގޮތުގައި މާލެ ކައިރިން ފެނުނީ "ހަމްބަލް ވޭލް" އެކެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި އެމަހުގެ ބޮޑުމިނުގައި ހުންނާނީ ދިހަވަރަކަށް ފޫޓެވެ. އެހެންކަމުން އެއީ ޅަ އެއްޗެއް ކަމަށް މެރިން ރިސާޗް ސެންޓަރުން ވިދާޅުވެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ސަރަހައްދުން ބޮޑު މަސް ފެނިފައި ވެއެވެ. ނަމަވެސް ރަށެއްގެ ކައިރިން ބޮޑު މަހެއް ފެނުން އެއީ ވަރަށް ނާދިރު ކަމެކެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ރަށްތައް ކައިރިން މިފަދަ މަސް ފެންނަނީ މަގު އޮޅިގެން ރަށްތައް ކައިރިއަށް އާދެވޭތީއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ހުންނަ ގޮތައް ބަލާއިރު ރާއްޖެ ސަރަހައްދަކީ ބޮޑުމަހުގެ އާބާދީއަށް އެންމެ އެކަށީގެންވާ އެއް ސަރަހައްދަށް ވެއެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ބޮޑުމަސް ބަލަން ވެސް ރާއްޖެ އާދެއެވެ.
އަނެއް ކަންތަށް ދެން ހުސް ބޮޑުމަސް ބޯހަލާކު ?
މިއަދުގެ ޙުކުމް އަޑުއަހާލަން އައީ...
ޥހޖޖ
ހަމްޕް ބެކް ވޭލް. ހަމްބަލް އެއްނޫން
ޔާމީނޫ ޫޫ ޫ ބޮޑުމަހެއް އަވަހަށް ހެދި ހުރިހާ ގޯހެއް ކިޔައިދީ*
ފެންނާނެ ފެންނާނެ
މާލޭ މީހުން ރާއްޖެތެރޭއާ މާލެއާ ތަފާތު ކުރާތީ އެ މަހަށްވެސް އޮޅުނީ މާލެ އަކީ ރަށެއް ކަން.
ޥަރަށް ސަޅި
މަ ރަށަށް ވެސް 2 ނޫނީ 3 އަހަރުކުރިން ލެއްގި ބޮޑުމަހެއް
ކަލޯ މިގޮލާ އައީ 25 ބުރި ޢިމާރާތް ދިރުވާލަންބާ؟
މިވެސް ވަގު ރައީސްގެ ވައުދެކޯ މާރިޔާ ބުނީ!!