އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބަޗަން އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ 850 ދަނޑުވެރިއެއްގެ ލޯންތައް ދައްކައިދިނުމަށް ނިންމައިފިއެވެ.

އޭނާގެ އަމިއްލަ ބްލޮގްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ 850 ދަނޑުވެރިއެއްގެ ލޯންތައް ދެއްކުމަށް 5.5 ކްރޯޑް ރުޕީސް ދޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް މިހާރު ބޭންކްތަކާއި ވާހަކަދައްކަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ މިދިޔަ ދުވަސްކޮޅުގައި ދިޔައީ ދަނޑުވެރިންގެ ތެރެއިން ލޯނު ނުދެއްކިފައި ތިބި މީހުން ހޯދަމުންނެވެ. އަދި އޭގެ ތެރެއިން 850 މީހަަކަށް ލޯނުތައް ދައްކައިދިނުމުގައި އެހިވުމަށް އަމީތާބް ވަނީ ނިންމާފައެވެ.

އަމީތާބް މީގެ ކުރިން ވަނީ ގައުމަށްޓަކައި ހަނގުރާމަ ކުރުމަށް ގޮސް އުޅެނިކޮށް މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އެކަންވެސް އިއުލާނުކޮށްފައެވެ.

އަދި މީގެ ކުރިންވެސް އަމީތާބް ވަނީ 350 އެއްހާ ދަނޑުވެރިންނަށް އެ މީހުން ނަގާފައިވާ ލޯންތަކުގެ ތެރެއިން ނުދެއްކި ހުރި ލޯންތައް ދައްކައިދީ އެ މީހުން އަމިއްލައަށް މަރުން ސަލާމަތްކޮށްދީފައެވެ.

އިތުރަށް އަމީތާބް ބުނީ، އަންހެނުން ސަލާމަތަށް މަސައްކަތް ކުރާ އަޖީތް ސިންގ އާއި ނަފްސާނީ ބަލި ޖެހިފައިވާ މީހުންނަށް އެހީވުމާއި އެ މީހުން ބެލުމުގެ މަސައްކަތް ކުރަމުންދާ ސަރްބާނީއަށްވެސް އެހީވުމަށް ނިންމާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު ވާދޫ

    އަމީތާބު މުސްލިމަކަށްވިނަމަ ދޯ!!!

  2. ދިވެހިން

    ދުނިޔޭގައި ހުރި އެންމެ އަނިޔާވެރި ޓެރަރިސްޓް ނަތަންޔާހޫ ފައިބުޑަށް ވެއްޓިގަނެގެން އުޅެނިކޮށް އަހަރުން ދުށިން މި އަމީތާބް. ދެން އިންޑިއާގެ ޓެރަރިސްޓް ސިފައިން ކަށިމީރަށް އަރާ ކުށެއްނެތް އާންމުން މަރަން އުޅެނިކޮށް މަރުވެފައިވާ ޓެރަރިސްޓުންނަށް ހިތްވަރުދިނުމަށް އެމީހުންގެ އާއިލާތަކަށް ލާރިދިނުމުން އަހަރުން އުފަލެއްނުވޭ. ލަނޑަޔާ ވާނީ ލަނޑަޔާ

  3. އޭނަ

    ދުނިޔޭގައި ރިޒްގުދެއްވާނެ ހުރިހާ އިންސާނުންނަށްވެސް. އެމީހުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގައި އިތުރުކޮށްދެއްވަާ