އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ތުހުމަތުތަކާއެކު އިންޑިއަން އައިޑޮލްގެ ޖޫރީގައި އިންނަ އަނޫ މާލިކް އެ ޝޯވއާއި ދުރަށް ގޮސްފިއެވެ.

ސޮނީ ޓެވެލިޒަންއިން ގެނެސްދޭ އެ ޝޯވއިން އަނޫ މާލިކް ދުރަށްގޮސްފައިވާކަން އިންޑިއާގެ ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި ސޮނީން އެކަން ކަށަަވަރުކޮށްދިނުމުގެ ގޮތުން ވަނީ ޓްވީޓްވެސް ކޮށްފައެވެ. އެ ޓްވީޓްގައި ބުނެފައި ވަނީ، އަނޫ މާލިކް އިންޑިއަން އައިޑޮލްގެ ޖޫރީގައި ދެން ނުހިމެނޭނެ ކަަމަށެވެ. އެހެން ނަމަވެސް ޝެޑިއުލާއި އެއްގޮތަށް ޝޯވ ކުރިއަށްދާނެ ކަމަށް އެ ޓްވީޓްގައި ބުނެފައި ވެއެވެ.

"އަދި އިންޑިއަން މިއުއިޒިކްގައި ބޮޑެތި މީހުން ކަމުގައިވާ ވިޝާލް އާއި ނެހާއަށް އައިޑޮލް ސީޒަން 10ގެ ބައިވެރިންގެ އާދަޔާ ހިލާފު ހުނަރުތަކަށް ޖަޖް ކުރުމަށް އައުމަށް ދައުވަތު ދޭނަން". އެ ޓްވީޓްގައި ވެއެވެ.

2004 ވަނަ އަހަރު އެ ޝޯވ ބެލުންތެރިންނާއި ހަމައަށް އައިރުން ފެށިގެން އަނޫ މާލިކް ދަނީ އެ ޝޯވގެ މުހިންމު މީހެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ.

އަނޫ މާލިކް އާއި ގުޅޭގޮތުން ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކާފައި ވަނީ އުމުރުން 15 އަހަރުގައި އަނޫ މާލިކްގެ ޖިންސީ ފުރައްސަރަ ކުރިމަތިވި ލަވަކިޔުންތެރިއާ ޝްވެތާ ޕަންޑިތްއެވެ. މީގެ ކުރިންވެސް އަނޫ މާލިކްގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރިއެވެ.