ލަންޑަންގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށްފަހު އެހާ ރީތިވެގެން އެނބުރި މުމްބާއީއަށް ދިޔުމުންވެސް ފޮޓޯނަގާލަން އަންނާނެ މީހަކުވެސް ނުވިކަމަށް މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރް ބުނެފިއެވެ.

އޭނާ މިހާރު އެކަމާއި އެހެރީ ވަރަށް ބޮޑަށް ލަދުގަނެފައެވެ.

ކަރަން ޓްވިޓާގައި ބުނިގޮތުގައި، އޭނާ އެ ދުވަހު ލައިގެން ހުރީ އާ ޖެކެޓެކެވެ. އިސްތަށިގަނޑުވެސް ވަރަށް ރިއްޗަށް ހަދާފައިވާއިރު، ރީތި އަވިއައިނަކާއި، ފޮޓޯއަށް ހާއްސަކޮށް އާ ދަބަހެއްވެސް ގަތްކަމަށް ކަރަން ބުނެފައި ވެއެވެ.

އެހެން ނަމަވެސް އޭނާގެ ފޮޓޯއެއް ނަގާލަން އެއާޕޯޓަށް މީޑިއާވެސް ނުދެއެވެ. އަދި އިތުުރު ބަޔަކުވެސް ގޮސްފައި ނުވެއެވެ. އޭނާ ކުރި އުއްމީދުތައް ފެނަށް ދިޔައީއެވެ. އެއާޕޯޓްގައި ގިނަ ބަޔަކު އޭނާގެ ފޮޓޯ ނަގާނެ ކަމަށް އުއްމީދުކޮށްގެން ޖީބުން ހަރަދު ކުރީ ބޭކާރު ފައިސާއެވެ.

ކަރަން މިގޮތަށް މީސް މީޑިޔާގައި ޖެހުމުން ގިނަ ބަޔަކު ދަނީ އޭނާއަށް މަލާމާތް ކުރަމުންނެވެ. އޭގެ ތެރޭގައި ބައެއް ފިލްމީ ތަރިންވެސް ހިމެނެއެވެ.

ކަރަން އެނބުރި މުމްބާއިއަށް ދާން އުޅޭކަން ހިއްސާކޮށްފައި ވަނި އިންސްޓަގްރާމްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުއްތޫ

    ރީއާނު ރަޝީދު ދިވެހިބަސް ދަސްކުރަން ވެއްޖެ. ނަގާލުން. ނެގުން. މި ތަފާތު ދެމާނަ ދޭހަވަ ދެބަސް. ފޮޓޯއެއް ނަގާލަން. އެއްެވެސްމީހަކު އެމީހަކުނަގާފޮޓޯ ގެއްލުވާލާކަށް ނުދާނެދޯ؟ ނަގާލުމަކީ ގެއްލުވާލުން.

  2. ނުރަބޯ

    ލަދާބިރާ ގަންނަން ޖެހޭ ދުވަސް އަދި ކުރިޔަށް އޮތީނޫންތޯ......؟؟؟؟؟

  3. ތަކުރު

    ގައިމު އަހަރެމެން މޫދައް ދިޔަޔަސް ގ. ހުސޭނުމެން އުޅެނީ ފޮޓޯ ނަގަން