ބޮލީވުޑުގައި އެފަދަ ދެވަނައެއް ނެތް އެކްޓަރު އަމީތާބް ބައްޗަން، އޭނާގެ ޅީދަރިފުޅު އައިޝްވާރިޔާ ރާއީ ބައްޗަން އަށް ތަފާތުކުރަމުންދާކަމަށް ބެލެވޭކަމަށް އިންޑިޔާގެ ބައެއް އާއްމުން ބުނަމުން އެބަދެއެވެ.

މީސްމީޑިޔާ އާއި ނޫސްތަކުގައި ބައެއް އާއްމުން ބުނެފައިވަނީ ތަފާތު ކުރަމުންދަނީ ޅީދަރިފުޅާއި އުފަން ދަރިންނާ ދެމެދުކަމަށެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހެން ބުނެފައިވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، މުޅި އާއިލާގެ އަންހެން މެންބަރުންގެ ފޮޓޯއެއް އަމީތާބް ޓްވީޓް ކުރިއިރު، އެފޮޓޯގައި އައިޝްވާރިޔާ ނެތުމުންނެވެ. ޓްވީޓް ކުރި ފޮޓޯގައި އަމީތާބުގެ އަންހެނުންނާއި ދަރިންނާއި ކާފަދަރިން ތިއްބެވެ. އަދި، ޕޯސްޓުކޮށްފައި ވަނީ އެކި މެންބަރުން ވަކިން ތިބި ފޮޓޯތަކެކެވެ.

މިކަމާ ގުޅިގެން އައިޝްވާރިޔާގެ ފޭނުންނާއި އެނޫންވެސް ފަރާތްތަކުން ހައިރާންވިއިރު، މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ނުރުހުންވެސް ފާޅުކޮށްފައިވެއެވެ.

އެހެންނަމަވެސް، ބައެއް ނޫސްތަކުން ބުނެފައިވަނީ އެދެމީހުންގެ މެދުގައި ރަނގަޅު ގުޅުމެއް އޮންނަކަމަށާއި އެކަން ޓްވިޓަރ ޕޯސްޓަކުން ވަޒަންނުކުރެވޭނެކަމަށެވެ.