ކުޑަ މަތިންދާބޯޓެއް އެމެރިކާގެ ދެކުނު ކެލިފޯނިއާގެ ހައިވޭއަކަށް ޖައްސައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އެ މަތިންދާބޯޓު ހައިވޭގައި ޖައްސަން ޖެހުނީ އޭގެ އިންޖީނުގައި މައްސަލައެއް އުޅޭތީ އިމެޖެންސީ އެއްގައި ކަމަށެވެ. އެމަޖެންސީގައި ޖެއްސި ވަގުތު އެ މަތިންދާބޯޓުގައި ތިބީ 25 އަހަރުގެ ޕައިލެޓަކާއި 36 އަހަރުގެ ޕައިލެޓުކަން ދަސްކުރާ ދަރިވަރެކެވެ.

ހައިވޭ ޕެޓްރޯލް ކުރާ ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މަތިންދާ ބޯޓު ހައިވޭއަށް ޖައްސާފައިވަނީ އެއްވެސް މީހަކަށް އަދި އުޅަނދަކަށްވެސް ގެއްލުމެން ނުޥާނެހެން ރައްކާތެރި ކަމާއެކުއެވެ.

އެމެރިކާގައި ކުޑަ މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާ ތަކަކީ އަބަދުވެސް ހިންގާ އާންމު ކަމެކެވެ. އާންމު ކޮށް އެމެޖެންސީ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ބޯޓު ޖައްސާލަނީ ކައިރީގައި އޮތް ހައިވޭއެއްގެ މައްޗަށެވެ.

އެމެރިކާގެ ވައިގެ ދަތުރުތަކާއި ބެހޭ އިދާރާތަކުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން މި ހާދިސާ ހިންގުމުގައި އެއާޕޯޓުގެ އިހުމާލެއް އޮތްތޯ ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ހަތަރުމަސް ކުރިން އެމެރިކާގެ ނިއުޔޯކްގެ ލަގާރޑިއާ އެއަރޕޯޓުން ފުރައިގެން ޑަލަސްއަށް ދަތުރުކުރި އެމެރިކާގެ ސައުތުވެސްޓް އެއަރލައިންސްގެ މަތިންދާ ބޯޓެއްގެ އެއް އިންޖީނު ގޮވައި، އަންހެނަކު ވަނީ މަރުވެފައެވެ.

ސައުތުވެސްޓް އެއަރލައިންސްގެ ބޮއިންގ 737 ގެ ފްލައިޓް 1380 ގެ އިންޖީނު ގޮވީ ލަގާރޑިއާ އެއަރޕޯޓުން ފުރިތަނާއެވެ. މިހާދިސާ ހިނގިއިރު، ބޯޓުގައި ތިބި ބައެއް މީހުންވަނީ ފޭސްބުކް ލައިވް-ސްޓްރީން ޖައްސާފައެވެ.

މިހާދިސާ ހިނގުމާއެކު ބޯޓް ވެއްޓިދާނެ ކަމަށް ބަލާ މަތިންދާ ބޯޓްވަނީ ކުއްލި ހާލަތުގައި ފިލަޑެންފިއާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު