ޑިޕްރެޝަން ނުވަތަ ނަފްސާނީ މައްސަލަތަކަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކަމެކެވެ. ހަޔާތުގައި ކުރިމަތިވާ އެކި އެކި ކަންކަމުގެ ސަބަބުން މީހާ ޑިޕްރެޝަން އަށް ވަށްޓާލާއިރު ޑިޕްރެޝަންގެ ސަބަބުން މީހާގެ ޖިސްމަށާއި ނަފްސަށް ނޭދެވޭ އެތަކެއް އަސަރެއް ކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ( ޑަބްލިޔުއެޗްއޯ) ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި ޑިޕްރެޝަންގެ މައްސަލަތަށް އެންމެ ގިނައިން ފެންމަތިވާ އެއްގައުމަކީ އިންޑިއާއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގެ ކޮންމެ ދިހަ މީހަކުން 6.5 މީހުންނަކީ ޑިޕްރެޝަންގެ ކޮންމެވެސް ބާވަތަރެއްގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ.

އަދި ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދުވެސް އިންޑިއާގައި އިތުރުވަމުން އަންނަ ކަމުގައި ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ތަފާސް ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނައިން ޑިޕްރެޝަންއާއި ވިދިގެން ކުރެވޭ ކަންކަމުގެ ސަބަބުން މަރުވަނީ އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން 2017 ވަނަ އަހަރު ޝާއިރުކޮށް ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން އިންޑިއާ ފިޔަވައި ދުނިޔޭގައި ޑިޕްރެޝަންގެ މައްސަލަތަށް އެންމެ ގިނައިން ފެންމަތިވަނީ ދުނިޔޭގެ ގަދަ ދެބާރު ކަމުގައިވާ ޗައިނާއާއި އެމެރިކާއިންނެވެ.

އަދި ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ 300 މިލިއަން މީހުން ދުނިޔޭގައި އެބައުޅޭ ކަމުގައި ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. ޑިޕްރެޝަންގެ ޝިކާރައަކަށް މިހާ ގިނަ މީހުންވެފައިވާއިރު ޑިޕްރެޝަންއަކީ މުސްތަގުބަލުގައި ދުނިޔެއިން އެންމެ ގިނައިން މީހުން މަރުވާނެ ސަބަބު ކަމުގައި މަޝްރަހު ދިރާސާކުރައްވާ ފަރާތްތަށް އަންނަނީ ބުނަމުންނެވެ. އަދި އެކަމުގެ އިންޒާރު ޑޮކްޓަރުންނާއި ނަން މަޝްހޫރު ސައިންސްވެރިންވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހުމަދުބެ

  ރާއްޖޭގެ ހަގީގަތް ވެސް އެނގޭނީ ސާވޭ ކޮށްލީމައެވެ. ގިނައީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ މީހުންނެވެ.

  • އަޙްމަދު

   ދެކޮޅު ނުޖެހެނީކީނޫން، ލިބޭ އެއްޗަކަށްވުރެ ތިމާގެ ހިތް މޮޅީ، ތިމާގެ ފެންވަރުން ޝުކުރުކޮށްގެން އުޅެން ދަސްކުރަންވީ

 2. އަޙްމަދު

  ހުރިހާވެސް މައްސަލައަކީ ހިތްތަކަށް ދިރުންދެއްވާ ﷲ އަށް އީމާންނުވެ، އެކަލާންގެ ދުނިޔޭގައި ލެއްވި ދިރުންތަކާ އެމީހުން އަމިއްލަ އަތުން ހަދާ ބުދުތަކަށް އަޅުކަންކުރުން.

 3. ޔެސް

  މިންވަރަށް އީމާން ވުމާއި ގުޅފައިވާ ކަމެއް. ޢަދި މަނޒިލަކަށް ވާޞިލު ވުން އޮތްކަން ހިތުގައި ނުވާތީ ވާކަމެއް.