އިންޑިއާގައި ކޮންމެ ދުވަހަކުވެސް އެތައް އަންހެނުންނާއި ކުޑަކުދިންތަކެއް ރޭޕްކުރެއެވެ. އެ މައްސަލަތައް އިތުރުވި ނަމަވެސް ހުއްޓާލުމަށް މާބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެއް ނުފެނެއެވެ. ކޮންމެ ދުވަހަކުވެސް އިންޑިއާގައި މިފަދަ އެތައް ހާދިސާއެއް ހިނގަމުންދާއިރު އޭގެ ތެރެެއިން ސިއްރު ކުރެވި، މީޑިއާތަކަށް ތިލަ ނުވާ އެތައް މައްސަލަތަކެއް ހުރެއެވެ.

މިއީވެސް ގޭންގަކުން ރޭޕްކުރި އަންހެނެއްގެ ވާހަކައެވެ. އޭނާއަކީ އުމުރުން 23 އަހަރުގެ ނޭޕާލްއަށް ނިސްބަތްވާ އަންހެނެެކެވެ. އިންޑިއާގެ ޖައިޕޫރްގައި އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ ގުރޫޕަކުންނެވެ.

އެ އަންހެން މީހާ ބުނިގޮތުގައި، އެ މީހުން އޭނާ ރޭޕްކުރުމުގެ އިތުރުން، އަނިޔާތައް ދެމުން ދިޔަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާއަަށް މަޖުބޫރުވީ ބަރަހަނާ ހާލުގައި އެ އިމާރާތުގެ ތިން ވަނަ ބުރިން ފުންމާލުމަށެވެ. އެއީ އެ މީހުން ކައިރިން ސަލާމަތް ވެވޭނެ އިތުރު ގޮތެއް ނެތުމުންނެވެ. އިންޑިއާ ފުލުހުން ބުނީ، އެ މައްސަލާގައި މިހާރު ދެ މީހަކު ހައްޔަރު ކޮށްފައިވާކަަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ބަރަނަހާ ހާލުގައި އެ އަންހެން މީހާ އެ އިމާރާތުގެ ތިން ވަނަ ބުރިން ފުންމާލިއިރު ވެސް، އެ އަންހެން މީހާއަށް އަނިޔާތަކެއް ލިބިފައި ހުރިކަމަށް ވެއެވެ. އޭނާ މަރުވީ އިމާރާތުގެ މަތިން ފުންމާލައިގެން ލިބުނު ސީރިއަސް އަނިޔާތަކަށް ޖައިޕޫރް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށްކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ށަންހް

  ޙިތްހަލާކު

  • ހަށިގަނޑު

   އިންޑިޔާ ވެއްޓިފަވާ ދަށުދަރަޖައިގެ ސަބަބުން މަގޭ ބޯހަލާކު.

 2. ސަން

  އެވަރު ގައުމަކަށް މިގައުމުގެ ގިނަބަޔަކު ތާއީދުކޮށްފަ ވަނީ. އިތުރަށް އިނޑީޔަ ގޯސް ނުކުރޭ،

 3. ބޮކަރޭ

  އިންޑިޔާއިން އަދިވެސް ބަލަންވީ އެހެން ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ބެހެވޭތޯ ބަލަންވީތަ ނުވަތަ އިންޑިޔާގެ ގޯހުންގޯހަށް ގޮސްފައިވާ ރަނގަޅުކުރަންނޫންތަވީ