ބޮލީވުޑްގެ އެންމެ ލޯބި ދެ ޖޯޑުގެ ގޮތުގައި ފާހަގަކުރެވޭ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގގެ ކައިވެނީގެ ހަފްލާ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ބާއްވާނެ ކަން މި ވަނީ އިއުލާނުކޮށްފައެވެ. އެކަުގައި ހަ އަހަރު ހޭދަކޮށް އެންމެ ފަހުން ކައިވެނީ ހަފްލާ އަންނަ މަހު ބާއްވާނެކަން އިއުލާނުކޮށްފައި މި ވަނީ އެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެމުންދާ ދުވަސްކޮޅެއްގައެވެ.

ދެ މީހުންގެވެސް މީސް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް އެކަން އިއުލާނުކޮށްފައިވާއިރު، މި ދެ ތަރިން އެންގޭޖްވިކަމަށް ވަނީ މި އަހަރުގެ ކުރީކޮޅުގައެވެ.

ދިޕިކާ އާއި ރަންވީރުގެ އުުޅުން ހުންނަ ގޮތުން ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަންވެސް އިނގެއެވެ. އަދި އެކުގައި ކޮންމެ ތަނަކަށް ދިޔަޔަސް ތިބެނީ އަތުގައި ހިފައިގެންނެވެ. ދެ މީހުން މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެއްބެސް ނުވިއެއް ކަމަކު ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިނގެނީވެސް ދެ މީހުންގެ އުޅުން ހުންނަ ގޮތަކުންނެވެ.

އިއްޔެގެ ވަގުތެއްގައި ދެ ތަރިން ކައިވެނި ކުރާނެ ދުވަސް އިއުލާނުކުރިއިރު، ރަންވީރު އާއި ބެހޭގޮތުން ދިޕިކާ ކޮފީ ވިތް ކަރަންގައި ދައްކާފަައި ހުރި ބައެއް ވާހަކަތަކަށް ބަލާލަމާ ހިނގާށެވެ.

ދިޕިކާ ބުނީ، އޭނާ ކަރަން ދެކެ އެންމެ ލޯބިވަނީ އެމޯޝަނަލް ކެޕޭބިިލިޓީސްގެ ސަބަބުންކަމަށެވެ. އަދި އޭނާ ރަންވިރު ދެކެ އެންމެ ރުޅި އަންނަނީ، ރަންވީރުގެ ލައިފް ސްޓައިލް އާއި، ނިދުމުގެ ގޮތްގަނޑު ކަމަށެވެ. އަދި އަބަދުވެސް ރަންވީރުއަށް އެންމެ މުހިންމު ވާނީ މަންމަ ކަމަށްވެސް ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ އާއި ރަންވިރު އެކަުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ، ޕަދްމަވާތްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ލޮލް

  2. Anonymous
  3. ?

    އޭނަ ކަރަންދެކެ ލޯބި ވަނީ އޭ...އެހެންތަ??