މިދިޔަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު އެމެރިކާއަށް ނިސްބަތްވާ ފޮޓޯގްރާފަރެއްކަމުގައިވާ މެތިވް ޑިޕެލްއަށް ދެ ލޯބިވެރިންގެ ވަރަށް ހާއްސަ މަންޒަރެއް އޭނާއަށް ފެނުނެވެ. އެއީ ފިރިހެން މީހާ އަންހެން މީހާ ކައިރިން އިންނަން އެހި މަންޒަރެެވެ. ޑިޕެލް ވަނީ އެ މަންޒަރުގެ ފޮޓޯތައް ނަގާފައެވެ.

ޔޮސްމައިޓް ނޭޝަނަލް ޕާކުގެ ޓާފްޓް ޕޮއިންޓްގައި ދެ ލޯބިވެރިންގެ ވަރަށް ހާއްސަ ފޮޓޯތަކެއް ޑިޕެލް ނެގިއިރު، އެއީ ކޮން ބައެއްކަން ހޯދުމަށް އޭނާ އެ ފޮޓޯތައް މީސް މީޑިއާއަށް ލިއެވެ. ނަމަވެސް އެ މީހުން ހޯދުމަށް އޭނާ ކުރަމުންދާ މަސައްކަތަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އުމުރުން 24 އަހަރުގެ ޑިޕެލް ބުނިގޮތުގައި، އޭނާ އެ ފޮޓޯ ނެގިއިރު ކައިރީގައި އެހެން ފޮޓޯގްރާފަރުންތަކަކާއި، ބައެއް ފަތުރުވެރިންވެސް ތިއްބެވެ.

އޭނާ ބުނީ، އެ ފޮޓޯތައް ނެގުމަށްފަހު، އެވަގުތުވެސް އެމީހުން ހޯދަން އޭނާ މަސައްކަތްކުރި ކަމަށެވެ. ނަަމަވެސް އެ މީހުން މާ އަވަހަށް އެތަނުން ގޮސްފައިވާކަމަށް އޭނާ ބުންޏެވެ. އަދި އެ މީހުން ހޯދުމުގެ މަސަައްކަތް އޭނާ ފެށިއެވެ. އެހެން ނަމަވެސް އެގޮތަށް ހެދުން އަޅައިގެން ތިބި ގިނަ ޢަދަދެެއްގެ ބަޔަކުވެސް އެތަނުން ފެނުމުން އެ ދެ މީހުންނަކީ ކޮން ބައެއްކަން އޭނާއަށް ފާހަގަކުރާކަށް ނޭނގުނެވެ.

ޑިޕެލް ފޭސްބުކްގައި ފޮޓޯ އާންމުކޮށް ކުރި ޕޯސްޓުގައި އެ ފޮޓޯ ނެގި ތަނާއި އަދި ދުވަސް ޖަހާފައި ވެއެވެ. އަދި އެ ޕޯސްޓްގައި ވަނީ އެ ދެމަފިރިން ހޯދައި ދިނުމަށެވެ. އަދި ޓްވިޓާގައިވެސް އެ ފޮޓޯ ވަރަށް ބޮޑަށް ވައިރަލް ވިއެވެ. މިހާތަނަށް މި ފޮޓޯ 15000 މީހުން ޝެއާކޮށްފައިވާއިރު، 150000 މީހުން ރީޓްވީޓްކޮށްފައި ވެއެވެ. އަދި އެހެން މީހުންވެސް މިހާރު ދަނީ އެ ދެ ލޯބިވެރިން ހޯދައި ދިނުމަށް އެދީ ޑިޕެލްއަށް އެހީތެރިވަމުންނެވެ.

އޭނާ އުއްމީދު ކުރަނީ އެ ދެ ލޯބިވެރިންނާއި އަދި ބައްދަލުކުރެވޭނެ ކަމަށެވެ. އެ މީހުން އަދި ނުފެނިފައިވުމުން ވަރަށް ބޮޑަށް ހައިރާންވާކަމަށް އޭނާ ވަނީ ބުނެފައެވެ.