އޮރެގަންގެ ސިޓީއެއް ކަމަށްވާ ޕޯޓްލޭންޑުގެ އަވަށެއްގައި ދިރިއުޅޭ އުމުރުން ދުވަސްވީ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ބޭނުންކުރާ މަސްނޫއީ ނޭފަތެއް ގެއްލިގެން، ފުޅާ ދާއިރާއެއްގެ ނޭފަތް ހޯދުމުގެ މަސައްކަތް ފަށައިިފިއެވެ.

ޒުވާން އުމުރުގައި އެ ފިރިހެން މީހާއަށް ދިމާވި ނުރައްކާތެރި ސިއްޙީ ހާލަތެއްގެ ސަބަބުން ބޭނުންކުރަމުންދިޔަ މަސްނޫޢީ ނޭފަތަކީ ސީދާ އޭނާއަށް ޚާއްސަކޮށްގެން އުފައްދާފައިވާ ނޭފަތެއް ނަމަވެސް އެ ނޭފަތް މިދިޔަ ހަފްތާގެ ތެރޭގައި ގެއްލިފައިވާ ކަމަށް ނޫސްތަކުގައި އޭނާ ބުނެފައި ވެއެވެ.

އެ ފިރިހެން މީހާ ބުނެފައި ވަނީ، އެ ނޭފަތް އޭނާ ހެއްދީ 65 އެމެރިކާ ޑޮލަރަށް ކަމަށާއި، ނޭފަތް ވަގަށް ނަގާފައިވަނީ ގޭގެ ތެރޭގައި އިން ގޮނޑިއެއްގެ މަތީގައި ބާއްވާފައި އޮއްވައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑު ތަކުލީފަކާއި ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެ ފިރިހެން މީހާ ވަނީ އޭނާ ބޭނުންކުރަމުންދިޔަ ނޭފަތް ގެއްލުމާއި އެކު އެ ނޭފަތް ހޯދުމަށް ޚާއްސަ ޕޯސްޓަރުތަކެއްވެސް ތައްޔާރުކޮށް އޭނާ ދިރިއުޅެމުންދާ އަވަށުގެ އެކި ތަންތަނުގައި ހަރުކޮށްފައެވެ.

މިކަމާއި ގުޅިގެން، ގެއްލިގެން ހޯދާ މަސްނޫއީ ނޭފަތް ހޯދައިދޭ ފަރާތްކަށް އެމީހުން ވަކިލާރިން އުމުރު ދުވަހު އެއްކޮށްފައިވާ ފައިސާ ހަދިޔާކުރުމަށް ނިންމާފައިވާކަމަށް އެ ފިިރިހެން މީހާ ބުނެފައި ވެއެވެ. އޭގެ ޖުމްލަ ޢަދަދު 6.27 އެމެރިކާ ޑޮލަރަށް (ސަތޭކަ ރުފިޔާ) އަރާއިރު، އެކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތަކުން ވީހާވެސް އަވަހަށް ގުޅުމަށް އޭނާ އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޯދާ

    ހޯދަމަ ހޯދާ ޙިޔާލުކުރާނީ އަދި ތިޔަ ފައިސާއަށް. އަދު ތިޔަ ނޭފަތައް

  2. ނަންނެތް

    މަ ހީކުރީ އަސްލު ނޭފަތެއް ކަމައް